ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބު ހޯދެންއޮތީ ދުނިޔޭގެ ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރެވިގެން: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިއެރުމާއި ކާމިޔާބީ ހޯދެންއޮތީ ދުނިޔޭގެ ހުރިހާ ޤައުމުތަކާއެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްގެ ޚާރިޖީ ސިޔާސަތު ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ‎މި ސަރުކާރު ވެރިކަމަށް އައިއިރު ބައެއް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ގުޅުން ކަނޑާލެވިފައިވާ ކަމަށާއި އެގޮތުން ކޮމަންވެލްތާއި އަރަބި ބައެއް ޤައުމުތަކާއެކު އޮތް ގުޅުންވެސް ކަނޑާލާފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މިގޮތަށް ކަނޑާލެވިފައިވާ ގުޅުންތައް އަލުން އިއާދަކުރެއްވުމަށް މަސައްކަތް ފެއްޓެވި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެކި ޤައުމުތަކާއެކު އޮތް ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމުގެ މަސައްކަތް އަލުން ފެއްޓެވުމާއެކު ދިވެހި ރައްޔިތުން ބޭނުންވި ގޮތަށް ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވި، އެކި ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންގޮސްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޯވިޑްގެ ހާލަތުން ރާއްޖެ އަރައިގަތުމަށް ކުރެވުނު މަސައްކަތަށް އެކަނި ބެލި ނަމަވެސް ދިވެހި ޚާރިޖީ ސިޔާސަތުގެ ފޮނިމީރުކަން ފެނިގެންދާ ކަމަށާއި އެގޮތުން ދުނިޔޭގެ އެތައް ޤައުމެއްގެ އެހީތެރިކަން އެ ހާލަތުގައިވެސް ލިބިގެން ގޮސްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވެކްސިން ލިބުނު ޤައުމުތަކުގެ ތެރެއިންވެސް އެންމެ ކުރިން ވެކްސިން ލިބުނު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންގޮސްފައި ވަނީ ރާއްޖެއިން ގެންގުޅޭ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެ ދެމިއޮންނާނީ ހުރިހާ ޤައުމަކާއެކުވެސް ގުޅިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ މި ސަރުކާރު އައިފަހުން ވެސް އިތުރު ހަތް ޤައުމަކާއެކު ގުޅުން ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއަދު ބައްޓަންކުރެވިފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެއަށް އެތައް ގިނަ ފައިދާއެއް ކުރާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރާއްޖެއަކީ ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއް ކަމަށާއި ޓުއަރިޒަމަށް ނުވަތަ ބޭރު ފައިސާއަށް ބަރޯސާވާ މިންވަރުވެސް އޮންނަނީ މުޅި ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅިފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިގޮތުން ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު އދ.ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަޤުރީރު ކުރެއްވިއިރު، އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަން ދިވެހި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންނެވުމުން ދޭހަކޮށްދެނީ ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ކުރައްވާ އިތުބާރު ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: