ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ހައި ސްޕީޑުފެރީ މޫދަށް ބާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބާލައިފިއެވެ.

ރާއްޖޭގެ ޕަބްލިކް ފެރީ ނިޒާމަށް އިންގިލާބެއް ގެންނާނެ ހައި ސްޕީޑް ފެރީ ނެޓްކޯކްގެ ފުރަތަމަ އުޅަނދު ބާލާފައިވަނީ މިއަދުއެވެ.

މި އުޅަނދު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި އެމްޓީސީސީގެ ޓީމެއް ވަނީ ބައިވެރިވެވަޑައިގެންފައި.

‏ޕްލޭނިން މިނިސްޓްރީން ބުނީ އަމާޒަކީ ފުރަތަމަ ޒޯން (ހއ. ހދ. އަދި ށ) ގައި މި މަޝްރޫޢުގެ ދަތުރުތައް މި އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ފެށުން ކަމަށެވެ.

އެކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވައުދު ފުއްދެވުމަށް އެމްޓީސީސީގެ ޓީމުން ކުރެއްވި މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ފެރީ ނިޒާމުގެ ހުރިހާ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް މިމަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ ކަނޑައެޅިފައިވާ ގޮތަށް ފުރަތަމަ ލޯންޗު މިމަހު ކަނޑަށް ބާލާ، ޓެސްޓް ދަތުރުތައް ފަށާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: