ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒު: ނަޝީދު

ރައީސް މުހައްމަދު ނަޝީދު— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒުކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ވަނީ ފަށާފައެވެ. މިއަދު ހަވީރު 5:00 ގައި ވޯޓުލުން ނިންމާލައި، ވޯޓު ފޮށިތައް ބަންދުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދަކީ ޤައުމިއްޔަތު ބިނާކުރުމުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއްކަމަށެވެ.

އެގޮތުން އެންމެންގެ ބައިވެރިވުމާއި ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ މުހިންމު އަމާޒެއްކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.

ދާއިރާތަކުގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާ އިރު، އެ އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރެއެވެ. ދާއިރާތަކަށް ހޮވޭ ކެންޑިޑޭޓުން ހިމެނޭނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައެވެ. އެ މަޖިލީހުގައި 142 މެމްބަރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: