ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް!

ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖްމެންޓް ކޯޕަރަޝޭން (ވެމްކޯ) ގެ ޕްރޮކިއުމެންޓް އުސޫލާއި ހިލާފަށް ވެށިފާރަ ސޮފްޓްވެއާ ޑެވެލޮޕްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅައިފިއެވެ.

މައްސަލައިގެ ދައުވާ ކުރުމަށް ހުށަހަޅާފައި ވަނީ، ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ޝިފާއުއަށެވެ.

ވެށިފަރަ ސޮފްޓްވެއަކީ އިއުލާން ކުރުމެއްނެތި އެ ކުންފުނީގެ ކުރީގެ އެމްޑީ ޝިފާއު މަގާމުގެ ބޭނުން ހިފައި ލޯކަލް ސޮފްޓްވެއާ ޑެވެލޮޕާރއަކާ ހަވާލުކޮށްގެން ޑެވެލޮޕްކޮށްފައިވާ ސޮފްޓްވެއާއެއްކަމަށް ތުހުމަތުކުރެވެ އެވެ. އަދި ޕީޖީ އަށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ، ގާނޫނާއި ހިލާފަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަށެވެ.

ވެމްކޯގެ އިމާޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ވަކި ޕްރޮކިއުމެންޓް ޑިޕާޓްމެންޓް ގެ ވަކި އުސޫލެއްގެ ދަށުން ކަމުގައިވީ ނަމަވެސް، ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ހަވާލު ކޮށްފައިވަނީ މިއުސޫލާ ހިލާފަށްކަން ތަހުގީގަށް ފާހަގަކުރެވިފައި ވެއެވެ.

މައްސަލައިގައި ޝިފާއުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިއިރު، މަސައްކަތް ހަވާލުކުރި ނޮނި ސޮލިއުޝަންގެ ވެރިޔާއާއި އޭނާއާއި ގާތް ގުޅުމެއް އޮންނަކަމުގެ ތުހުމަތު އޭސީސީން ވަނީކޮށްފަ އެވެ. އެގޮތުން މަސައްކަތް ހަވާލު ކުރެވުނު ދުވަހުން ފެށިގެން، އެކި ފަހަރު މަތީން ޝިފާއުގެ އެކައުންޓަށް ނޮނި ސޮލިއުޝަންގެ ބޭންކު އެކައުންޓު މެދުވެރިކޮށް ފައިސާ ޖަމާވެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ. އެހެންވެ، މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުނީ އެވެ.

މި މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: