ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އީސީން ބުނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ދިނުމަށް މިއަދު އެ ކޮމިޝަނުން ނިންމައިވާ ކަމަށެވެ.

މުހައްމަދު އިސްމާއިލް އެންމެ ފުރަތަމަ ހުށަހެޅުއްވީ “ކަރިޝްމާ ޕާޓީ މޯލްޑިވްސް”ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށެވެ. ނަމަވެސް އެއީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ބުނެ، އިލެކްޝަނުން އޭނާ އަށް ހުއްދައެއް ނުދިނެވެ.

ރާއްޖޭގައި ރަޖިސްޓްރީވެގެން މިހާރު ގިނަ ސިޔާސީ ޕާޓީތަކެއް ހިންގައެވެ. މީގެކުރިން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލާގޮތަށް ޤާނޫނަށް ގެނައި އިސްލާހާއެކު އޭރު ހިނގަމުންދިޔަ ގިނަ ޕާޓީތަކެއް އުވިގެންދިޔައެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 73%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: