ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ޓެކްސީ ދުއްވުމުގެ ހުއްދައަށް އެދެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ވަކި އަދަދަކަށް ޓެކްސީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.

ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ، މާލޭގެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ވިލިމާލޭގައި އެއްގަމުދަތުރުގެ ދަތިކަމަށް ހައްލެއް ގެނައުމަށް، އުސޫލެއްގެ ތެރެއިން ކަނޑައެޅޭ ވަކި އަދަދަކަށް އެ އަވަށުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ގޮތެއް ނިންމުމަށް އެދޭ ކަމަށެވެ. އަދި މާދަމާ ބާއްވާ އެ ކައުންސިލުގެ އާއްމު ބައްދަލުވުުގެ ރަސްމީ އެޖެންޑާގައި، އޭނާގެ ހުށަހެޅުން ހިމަނައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރު ނަހުލާ ވަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް އިތުރު ފަރާތަކަށް ދިނުމަށް ވެސް ހުށަހަޅާފައެވެ.

ޓެކްސީގެ ގޮތުގައި މިހާތަނަށް ވިލިމާލޭގައި ބޭނުން ކުރަމުން އަންނަނީ ބަގީއެވެ. އެ ހިދުމަތް ވިލިމާލޭގައި ދަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ބޭބެ މުހައްމަދު ވިޝާމްގެ ކުންފުންޏަކުންނެވެ.

 

ވަރަށް ގަދަ
78%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: