ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދަށް ދެއްވީ އެމަނިކުފާނަށް ހައްގު ޝަރަފެއް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް، ދިވެހި ދައުލަތުގެ އެރުއްވި އިއްޒަތުގެ ލަޤަބަލީ އެމަނިކުފާނަށް ހައްޤު ޝަރަފެއްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވާފައި ވަނީ ގައުމީ ދުވަހުގެ ޖަލްސާގައެެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ޢަބްދުﷲ ޝާހިދަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ޢަބްދުﷲ ޝާހިދު ރާއްޖެއަށް ހޯއްދަވާ ދެއްވި ޝަރަފަކީ އެމަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއްކަމަށެވެ.

ރައީސަށް ގާނޫނުއަސާސީގެ ދަށުން ލިބިދޭ ބާރުގެ ދަށުން މި ޝަރަފް ޝާހިދަށް އަރުވަން ނިންމީ، ރައީސް އޮފީހުން ބުނިގޮތުގައި ރާއްޖޭގެ ހާރިޖީ ދާއިރާގެ ކުރިއެރުމަށާއި ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަށާއި ބޭރު ގައުމުތަކުން ރާއްޖެ އަށް ކުރާ އިތުބާރު އިތުރުކޮށް ދެމެހެއްޓުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމަށްޓަކާ ކަމަށެވެ.

މީގެއިތުރުން ޝާހިދު އެކިއެކި ރޮނގުތަކުން ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ވެސް މި ޝަރަފް އެރުއްވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ. އޭގެތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އ.ދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިއަދު ރާއްޖެ ވަޑައިގެންނެވީ ރައީސް ސޯލިހުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ދައުލަތުގެ އިސްވެރިންނާ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: