ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮފިސަރުންގެ ޝަރީއަތް ލައިވްކޮށްދޭން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަސް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ލައިވްކޮށްދޭން އޮފިސަރުންގެ މައްސަލާގައި ކޯޓުގައި ވަކާލާތުކުރާ ދިވެހި ޗެމްބާސް އިން އެދިއްޖެއެވެ.

ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ސޮއިކުރައްވާ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިއީ އާންމު މަސްހަލަތު ހިމެނޭ މައްސަލައެއް ކަމަށްވާތީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރެވޭކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފަރުހާދާއި ޝުހާދު ބައިވެރިވެފައެއް ނުވެ އެވެ.

ދިވެހި ޗެމްބާސް އިން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އޮފިސަރުންތައް ވަކިކުރީ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީ އެކަމުގެ ސަބަބުން މި އޮފިސަރުންގެ ދުސްތޫރީ އަދި ޤާނޫނީ ހައްްޤުތަކެއް ގެއްލިފައިވާ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މިފަރާތްތައް ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، މިފަރާތްތަކުގެ ވަޒީފާ އަދާކުރުމުގެ ހައްޤަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި، ޕޮލިސް ބޯޑް އަދި ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުން އެދި ވަގުތީ އަމުރަކަށްވެސް އެދިފައިވާކަމަށް ދިވެހި ޗެމްބާސް އިން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: