ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ 16 މަގެއްގައި ތާރުއަޅަން އާރްޑީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތައް ތަރައްގީކުރުމަށް ޓަކައި“މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް“ ގެ ނަމުގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުގެ އެއްބަސްވުމަށް ބަދަލު ގެނެސް 16 މަގެއްގައި ތާޅު އެޅުމަށް ނިންމައިފި އެވެ.

އާރްޑީސީއާއި އެކުގައި މިއަދު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.

އެއްބަސްވުމުގެ ދަށުން މާލޭގެ މަގުތައް ހެދިގެންދާއިރު ތާރުއަޅާ މަގުތަކުގެ ތެރޭގައި އަމީނީ މަގާއި ފަރީދީ މަގާއި ބުރުޒު މަގާއި ބޮޑު ތަކުރުފާނު މަގުގައި ހިމެނެ އެވެ. މީގެ އިތުރުން ބައެއް މަގުތަކުގައި އަލުން ގާ އަތުރައިގެން މަގުތައް ހަދާނެ އެވެ. އަދި ކުރިން މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތު އަވަސްކުރުމަށްވެސް ކަނޑައަޅާފައިވެ އެވެ.

މިއަދުގެ މި އެއްބަސްވުމުގެ ދަށުން ދެ އަހަރު ތެރޭގައި މަސައްކަތް ނިންމަންޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: