ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފްއަށް ފަހު އޮންލައިންކޮށް ޓިކެޓް ވިއްކަން މަސައްކަތް ކުރާނަން: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

ސާފް މުބާރާތައް ފަހު ކުރިއަށް އޮންލައިންކޮށް ޓިކެޓް ވިއްކަން މަސައްކަތް ކުރާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ތިން ގަޑި 30 މިނެޓުން 3000 ޓިކެޓު ވިއްކިފައިވާ ކަމަށެވެ. އަދި ގަލޮޅު ދަނޑުވަނީ ބާވެ ހަލާކުވެފައި ކަމަށާއި ކުރިން 12000 މީހުންނަށް ވަދެވޭއިރު މިހާރު ވަދެވެނީ 5000 މީހުންނަަށް ކަމަށެވެ.

”އާދަނޑެއް އަޅަން ފައިސާ ވަނީ ހަމަޖެހިފަ. ސާފް އަށްފަހު އޮންލައިންކޮށް ޓިކެޓު ވިއްކުންކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސަައްކަތްކުރާނަން.” މަހްލޫފް ވިދާޅުވިއެވެ.

މާދަމާ އޮންނަ މެޗަށް ޓިކެޓް ވިއްކަން ފަށާފައި ވަނީ މިއަދު ހެނދުނު 10:00 ގައެވެ. ވިއްކަން ކަނޑައެޅި އަދަދަށް ޓިކެޓް ވިއްކައިފައި ވަނީ ސޯޝަލް ސެންޓަރު ކައިރީގައި ހަދާފައިވާ ކިއު އައިޖީއެމްއެޗާ ހަމައަށް ދެމިފައި ވަނިކޮށެވެ.

މީގެ ކުރީ މެޗުތަކުގައި މީހަކަށް ފަސް ޓިކެޓް ވިއްކި ނަމަވެސް މާދަމާގެ މެޗަށް އެފްއޭއެމް އިން ވިއްކާފައި ވަނީ މީހަކަށް ދެ ޓިކެޓެވެ. މިނެޓަކު 20 ޓިކެޓް ވިކުނު ކަމަށް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: