ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ ލިބޭނެ އިތުރު ޖޯޝެއް: މަހުލޫފް

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ޔާމީންގެ ގެކޮޅު ކުރިމަތިން ޤައުމީ ޓީމު ބަހުގައި ދަތުރުކުރި އިރު އެމަނިކުފާނު ވަނީ ގެކޮޅުގައި ހުންނަވައިގެން އަތުން އިޝާރާތް ކުރައްވައި ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. އެމަނިކުފާނު އޭރު ހުންނެވީ ޤައުމީ ޓީމުގެ ޖާޒީ ތުރުކުރައްވައިގެންނެވެ.

އެކަމާ ގުޅިގެން މަހުލޫފް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް ކަމަށާއި ޔާމީން ވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއްކަމުން އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އިން މިރޭ އިންޑިއާއާ ދެކޮޅަށް ނިކުންނާނެ އެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: