ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުޅެނީ ބޮޑުބެރާއެކު ފުޓުބޯޅަ ފޯރި ނަގަން، ނާޗަރަންގީ ކުޅޭކަށް ނޫން: މަހްލޫފް

އަހުމަދު މަހްލޫފް— ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި އިންޑިއާ ކުޅޭ މެޗު ބޮޑު ސްކްރީނުގައި އަޅުވާއިރު، އެ ސަރަހައްދުގައި ކުރިއަށްދާނީ ބޮޑުބެރުގެ ހަރަކާތްތަކެއް ކަމަށާއި މިއުޒިކް ޝޯވްއެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި މެޗާ ގުޅިގެން ފޯރި ނަގައި، ގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް އުރީދޫއާއި ސިޓީކައުންސިލާއި އެފްއޭއެމް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ވަނީރޭވިފަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވެފަވެއެވެ.

މިނިސްޓަރު މަހްލޫފް މިއުޒިކް ސޯ ބާއްވާނެ ކަމަށް ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި ބައެއް ދީނީ ޢިލްމްވެރިން ވެސް ވަނީ ވަރަށް ބޮޑަށް އެކަމަށް ނުރުހުންވެ ފާޑު ކިޔާފައެވެ.

މިކަމާ ގުޅިގެން މަހްލޫފް މިއަދު ވިދާޅުވީ މިރޭ ކާނިވާ ސަރަހައްދުގައި ބަހައްޓާ ބޮޑު ސްކްރީނުގައި މެޗު ބެލުމާއެކު ކުރިއަށް ގެންދަން ރާވާފައި ވަނީ ބޮޑުބެރުގެ ހަރަކާތްތަކެއް ކަމަށެވެ. އެކަމުގެ ބޭނުމަކީ ދަނޑުގައި ބޮޑުބެރާއެކު ނަގާ ފޯރި ކާނިވާ ސަރަހައްދުން މެޗު ބަލާ ސަޕޯޓަރުންނާ ހަމައަށް ގެނެސްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިއުޅެނީ ފުޓުބޯޅަ ފޯރިނަގާށެވެ. ނާޗަރަންގީ ކުޅޭކަށްނޫނެވެ.” މަހްލޫފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: