ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮޓެލް ޖެންގައި ނަޝީދު ހުންނަވަނީ ސަރުކާރު ހަރަދުގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ހޮޓެލް ޖެންގައި ހުންނެވުމުގެ ކަންކަން ހަމަޖައްސަވާފައިވަނީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ޖަރުމަނާއި އިނގިރޭސި ވިލާތުން ފަރުވާ ހޯއްދެވުމަށް ރާއްޖެ ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެން މިވަގުތު ހުންނެވީ ހޮޓެލް ޖެންގައެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ހޮޓެލް ޖެންގައި އެމަނިކުފާނު މިވަގުތު ހުންނަވަނީ ސަރުކާރުން ހަމަޖައްސައިދެއްވާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށާއި އެތަނުގައި ހުންނެވުމުގެ ކަންކަން ހަމަޖައްސާފައިވަނީ ސަރުކާރުން ކަމަށެވެ.

“އަޅުގަނޑުގެ ގެއެއް ހުރޭ. އަޅުގަނޑު ވަރަށް އެދޭ އެގޭގައި އަޅުގަނޑަށް ހުރެވޭ ގޮތް ވުން. އެހެން ނަމަވެސް އެމްއެންޑީއެފަކުން މިހާރަކު އެ ޖާގަ ދޭކަށް ތައްޔާރަކަށް ނޫން ތިބީކީއެއް. މިގޮތަށް އަޅުގަނޑު ވަކިން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ގޮތެއްގެ ގޮތުގައި އެމްއެންޑީއެފުން ދެކެނީ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހުންނެވުމަށް މ. މުރައިދޫ ހަމަޖައްސާފައިވީ ނަމަވެސް އެގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: