ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

215 ކިލޯގެ ޑްރަގްސް އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިންނެވެ.

ސީޕީ ވިދާޅުވި ގޮތުގައި ބުދަ ދުވަހު ފެށިގެން ފުލުހުން ގެންދިޔައީ އެ އޮޕަރޭޝަން ހިންގަމުންނެވެ. އެގޮތުން ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކު އަދި އިންޓެލިޖެންސް ޓީމްތައް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދެ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ތަކެއްޗާއެކު ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. ނަމަވެސް މި ތަކެތި އަތުލައިގަތީ ކޮން ތަނަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި އޮޕަރޭޝަނުގައި އިންޑިއާ ސަރުކާރާއި އެމްއެންޑީއެފުން ފޯރުކޮށްދިން އެހީތެރިކަމަށް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ހޯދައި 10 މީހަކު ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: