ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހު ކުރަން ބޭނުންވާ ކަންކަން ހިއްސާ ކުރައްވާ، ހައްލު ކުރާނަން: ރައީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހއްމަދު ސޯލިހު/ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މައިގަނޑު މަގސަދަކީ ރައްޔިތުންނަށް ހިޮދުމަތް ފޯރުކޮށްދިނުންކަމަށް ވުމާއި އެކު، ރައްޔިތުން ބެނުންވާ ކަންކަމާއި އިސްލާހު ކުރަން ބެނުންވާ ކަންތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެެ.

ރައްޔިތުންގެ ބޭނުންވާ ކަންތައް ހިއްސާކުރުމަށް ރައީސް ސޯލިހު އެދިފަިވަނީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރި ދަތުރުގެ ތެރެއިން ހިމެންދޫ ބަނދަރު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުންނެވެ.

މި ރަސްްމިއްޔާތުގައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ގާބިލުކަން ހުރި ވަރަކުން ރައްޔިތުންގެ އެދޭ ކަންތައް ފުއްދައި ދޭނެ ކަމަށާއި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ކަންތައް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުގެ ބަޖެޓަށް 36.9 ނުވަތަ 37 ބިލިއަން ރުފިޔާ އަށް ހުށައަޅަން ނިންމާފައިވަނީ ރައްޔިތުންގެ ބެނުންތައް ހިމަނައިގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ވާހަކަ ހިއްސާކުރަމުންް ރައީސް ވިދާޅުވީ ބަޖެޓު އެކުލަވައިލެވިފައިވަނީ ކުރިން ފަށާފައިވާ މަސައްކަތުގެ އިތުރުން އިޖްތިމާއީ ކަންކަން އިސްލާހުކުރުމުގެ ގޮތުން ކަމުގައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ޖެންޑަރ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް ދެގުނަ ބޮޑު ބަޖެޓެއް މިއަންނަ އަހަރުގެ އެ މިނިސްޓްރީގެ ބަޖުޓުގައި ޖެހުމަށް ނިންމަވާފައިވާކަމަށެވެ. އިޖްތިމާއީ ކަންކަން އިސްލާހު ކުރުމަށް ހާއްސަ ސަމާލުކަމެއްދީ ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ތެރއިން މިނިމަމް ވޭޖް ތައާރަފް ކުރުމަސް ނިންމާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިކަމުގެ ސަބަބުން ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަނަރަ ހާހެއްހާ މީހުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ތޭރަހާސް މީހުންގެ މުސާރައަސް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ރައީސް ވަނީ ފާހަގަކޮށްފައެވެ.

މިސަރުކާރުން ރިޔާސީ އިންތިހާބުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީ ވައުދުތަކުގެ ތެރެއިން 90 އިންސައްތަ ވައުދު ފުއްދުމުގެ މަސައްކަތް އެކި ދާއިރާތަކުން ފަށާފައިވާކަމަށް މިރަސްމިއްޔާތުގައި ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ހާލަތުގައިވެސް ސާރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް މި މިންޕަރަސް ނިމިފައިވަނީ ހިންގުންތެރި އިންތިޒާމެއްގެ ދަށުން ކަންތައް ކުރިއަށްގެންދެވޭތީ ކަމަށް ވުމާއިއެކު، ސަރުކާރުގެ ފަރާތްތަކަށް މަނިކުފާނު ޝުކުރުދެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: