ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން އުތުރުތިލަފަޅު ވިއްކާލީ ބިރިޔާނީ ތައްޓަކަށް: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވަމުންދާކަން ހާމަވަމުންދާކަމަށާއި އުތުރުތިލަފަޅު އިންޑިއާއަށް ވިއްކާލީ ބިރިޔާނިއަކަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުން ޖާބިރު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ މަސައްކަތް ދުވަހުން ދުވަހަށް ގޯސް ވަމުންދާ ކަމަށާއި، ވިޔަފާރި ކުރުމަށް ސަރުކާރުގެ ސަބަބުން ބުރޫ އަރަމުންދާތީކަމަށް ވިދާޅުވަމުންނެވެ.

ދިވެހިރާއްޖެއަކީ “އިންޑިޕެންޑެންޓް” ގައުމެއް ކަމަށް ވިދާޅުވެ، އަބްދުﷲ ޖާބިރު ވަނީ އިންޑިއާއަށް ރާއްޖޭގެ މައްޗަށް ބާރު ފޯރުވެންޖެހޭ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ. މިކަން މިފަދައިން މެދުވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި މިއީ އަމިއްލަ ގައުމުކަމަށް ވާއިރު، މަޖިލީހުގެ 80 އިންސައްތަ އިންޑިއާއިން ކޮންޓްރޯލު ކުރާ ކަމީ އެއީ ގޯސް އަމަލެއްކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ސާރުކާރުން އެކި ކޮމިޝަންތައް ހަދައި، މަގާމުތަކަށް މީހުން އައްޔަން ކުރަމުންދާއިރު ސަރުކާރުން ކުރެވޭ ވަކި ކަމެއް ނުފެންނަ ކަމަށާއި ލިބޭ މަންފާއެއް ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ. ކޯޓުތަކުގެ މައްސަލަތައް 6-8 އަހަރަށް ދިގުދައްމައި ނިމިފައި ނެތް ކަމުން އޭގެއިން ވެސް ދޭހަ ވަނީ ކަންތައް ނިންމަން ޖެހޭ ގޮތަށް ކުރިޔަށް ނުގެންދެވޭކަން ކަމަށް ޖާބިރު ވިދާޅުވި އެވެ.

ހަމައެއާއި އެކު ސަރުކާރުގެ ކުންފުނި ތަކަށް ސޮވަރައިން ގެރެންޓީ ދީ، އެއް ހަމައެއްގައި ވިޔަފާރި ކުރަން އޮންނަ އިރު ސަރުކާރުން ވިޔަފާރި ނުކުރާނެކަމަށް ރައީސް ވައުދު ވި ނަމަވަސް މިއަދު ފެނިގެންދަނީ ތަފާތު މަންޒަރެއް ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. 21 ވަނަ ގަރުނުގައި ގައުމު ހިންގާ އުސޫލުތައް ތަހުޒީބު ކުރަން ޖެހިފައިވާއިރު މިއަދު ސަރުކާރުގެ ސަބަބުން ގައުމުގެ ކަންތައް ހިންގައި ކުރިއަށް ދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް އޭނާ ސުވާލު އުފެއްދިއެވެ. ގިނަ ފަރާތްތަކުން ރިސޯޓު ނެހެދޭ ކަމަށް ޝަކުވާކުރާ އިރު، އޭރަކު އޮންނަ ސަރުކާރަކުން ރިސޯޓު ހަދާ ފަރާތްތަކަށް އެކި ގޮތް ގޮތުން ހުރަސް އަޅާ ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. 

ދިވެހިރާއްޖޭގެ ހައި ކޯޓުގައި ތިބެނީ އެންމެ 7 ފަނޑިޔާރުންކަމަށާއި ކޯޓުގައި 500 އަށް ވުރެ ގިނަ މައްސަލަ ތާށިވެފައިވާކަމަށް އިޝާރާތް ކުރަމުން ޖާބިރު ވިދާޅުވީ ސުޕްރީމް ކޯޓުން ބަލަން ނުޖެހޭ މައްސަލަަތައް ބަލައި، ރިވިއު ކޮށް، ނިމިފައިވާ މައްސަލަތައް އަލުން ބަލަމުން ދާތީ އެނގިގެން ދަނީ މިއީ ނިމުމެއް ނެތް ކަމެއްކަމާއި ސަރުކާރު ގޯސް ވަމުންދާކަމެވެ. ސަރުކާރު ގެ ހާލަތު މިފަދަ ގޮތަކަށް އޮއްވާ ވިޔަފާރި ކުރާނެ ގޮތަކާއި މެދު ޖާބިރު ކަންބޮޑު ވުން ފާޅުކުރި އެވެ.

މީގެ އިތުރުން ޖާބިރު ވަނީ، ރީތި ތާހިރު ސަރުކާރެއް ގާއިކުރުމަށް ވާހަކަތައް ދެކެވުނެއް ކަމަކު، މުޅިން އޮޅުވާލައި ތިމާގެ މީހުންނާއި، ތިމާގެ ރައްޓެހިން އަދި ތިމާގެ ޕާޓީ ގެ މެމްބަރުންނަށް މަގާމު ދިނުމުގެ ސަގާފަތުން އެރިގަތުމަށް ގޮވާލާފައެވެ. އަދި މަޖިލީހުގައި ދެކެވޭ ވާހަކަތަކަކީ ކަންކަން ރަނގަޅު ކުރުމަށް ދެކެވޭ ވާހަކަތަކަށް ވެފައި، ސާރުކާރުން ކަންތައް ކުރާ ގޮތް ގަބޫލު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސާރުކާރުގެ މަސައްކަތް ފުރިހަމަ ކުރަންޖެހޭ ގޮތުގައި ނުކުރެވުމުގެ ސަބަބުން ރާއްޖޭގެ ގިަ ވިޔަފާރިވެރިން ވަނީ ދަތިވެފައި ކަަމަށް މެމްބަރ ޖާބިރު ފާހަގަކުރެއްވިއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް އަހަންމިއްޔަތުކަން ދިނުމަށާއި ސަރުކާރު ހިންގޭ އުސޫލުތައް ހަރުދަނާ ކުރުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: