ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ އޮތީ ވިޔަފާރިތަކަށް ހުޅުވާލެވިފައި: ރައީސް

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދެއްކަވަމުންނެވެ. މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ކުރިއަށްގެންގޮސްފައި ވަނީ ދުބާއީ އެގްޒިބިޝަން ސެންޓަރުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމަށް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަނީ އެކިދާއިރާތައް ސިންދަފާތުކޮށްގެން ކުރިއެރުވުމަށާއި ތިމާވެށި ދެމެހެއްޓުމަށާއި، ރާއްޖޭގެ މުޖުތަމަޢުތަކުގެ ފާގަތިކަން އިތުރުކުރުމަށް އިސްކަންދީގެން ކުރިއެރުވުމަށް ކަމަށެވެ. އަދި މި ލަނޑުދަނޑިތަކަކީ ދުބާއީ އެކްސްޕޯ 2020 ގައި ހުށަހެޅުއްވި ތީމްއާ އެއްގޮތްވާގޮތަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޕްރައިވެޓް ސެކްޓަރ ތަރައްޤީކުރުމަކީ މި ސަރުކާރުގެ އިޤްތިޞާދީ އިޞްލާހީ އެޖެންޑަރގެ މައި އެއް ތަނބުކަމުގައި ސިފަކުރައްވާފައެވެ. އެގޮތުން އޭގެތެރޭގައި ތިމާވެށި ތަރައްޤީކޮށް އެކަން އިޝްތިހާރުކުރުމުގައި ހިމެނޭ ކަންކަން ލުއިފަސޭހަކޮށް، ވިޔަފާރިއެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިކޮށްދީ، އެކަމަށް ޚަރަދުކުރާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށް، ޒިންމާދާރުކަމާއެކީ، ދެފުއްފެންނާނެހެން، ބަދަލުނުވާނެގޮތަށް، އިންވެސްޓަރުންނަށް ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ މި ވަގުތުގެ މީޑިއަމް-ޓަރމް އަމާޒަކީ ހަރުދަނާ އުޞޫލެއްގެ މަތިން އިޖާދީކަންކަމަށް ހިތްވަރުދީގެން، ޑިޖިޓަލް ޑިސްރަޕްޝަންއަށް މަގުފަހިކޮށްދީ މީހުންނަށް އަވަހަށް އަދި ފައިދާކުރަނިވި ގޮތެއްގައި ޚިދުމަތް ދިނުމަށް މަގުފަހިކުރުންކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި 93 އިންސައްތަ ރިޒޯޓް މުވައްޒަފުން އަދި ވެކްސިން ޖެހޭ އާބާދީގެ ގާތްގަނޑަކަށް 79 އިންސައްތަ ދިވެހިން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެ، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ އޮތުމަކީ ރާއްޖޭގެ ވިޔަފާރިއަށް ލިބިގެންދާ އިތުރު ބާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރާއްޖެއަކީ ދުނިޔޭގެ އުތުރާއި ދެކުނުން ވާސިލުވުމަށް ފަސޭހަ މަގެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އެހެންކަމުން އެކަމަށް ވިސްނައިގެން ދިވެހި ސަރުކާރުން އިންވެސްޓްމަންޓް މާހައުލު ތަރައްޤީކުރުމަށް އިތުރު ފިޔަވަޅު އަޅުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޢުމްރާނީ ތަރައްޤީއާ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، ހަކަތައިގެ ދާއިރާއިން އައު އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްގެން އެކި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކު، ރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ މާހައުލުވެސް ފެންނަންހުރި ގޮތެއްގައި ކުރިއަރައިގޮސްފައިވާކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖެއަކީ ކުޑަ ޤައުމަކަށް ވީހިނދުވެސް ރާއްޖެ ދަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ކުރާ މަސައްކަތުގައި ލީޑިންގ ޤައުމެއްގެގޮތުގައި ފާހަގަވެގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާ ވަނީ އިއާދަކުރަނިވި ހަކަތަ އިތުރުކުރަމަށް މަސައްކަތް ކުރުމާއި، ދުނިޔެއިން ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކުރުމަކީ ދިވެހި ސަރުކާރުގެ މުހިންމު ދެ މަޤްޞަދުކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ފާހަގަކުރައްވައި، އެކަން ޙާޞިލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ދީލަތިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ރާއްޖެއަކީ ކަނޑަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރައްވާ “ނޫ އިޤްތިޞާދު” އަކީ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުގެ މައިގަނޑު އެއް އަސާސުކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހިންނަށް ދެމެހެއްޓެނިވި ފައިދާކުރަނިވި ގޮތެއްގެ މަތިން ކަނޑުގެ ވަޞީލަތްތައް ބޭނުންކުރުމަކީ އެންމެ މުހިންމު އެއްކަންތައްގޮތުގައި ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ ނޫ އިޤްތިޞާދު ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މާހިރުންނާއެކު މަސައްކަތްކޮށް ދެފަރާތަށްވެސް ފައިދާ ހޯދުމަށް ފުރުޞަތު އޮތްކަމުގައި ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: