ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ 2025 ވަަނަ އަހަރު ނިމޭއިރު ރާއްޖޭން ޓީބީ ނައްތާލުން: ނަސީމް

ޓީ.ބީ ބައްޔާ ގުޅޭ މަތީފަންތީގެ މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ 2025ވަނަ އަހަރު ނިމޭއިރު ރާއްޖެއިން ޓީބީ ނައްތައިލުންކަމަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިފަދައިން ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީބީ ބައްޔާބެހޭ މަސައްކަތްތައް ހަރުދަނާކޮށް އާހިތްވަރަކާއެކު ސަރަހައްދުން ޓީބީ ނައްތާލުމާގުޅޭ ހައިލެވެލް ބައްދަލުވުމުގަިއ ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މި ސަރަޙައްދުން ޓީބީ ނައްތާލުމާ ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދުވުނު މި ބައްދަލުވުމުގައި ސަރަހައްދުގެ އެހެން ޤައުމުތަކުގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ނަސީމް ވަނީ  ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރެއްވުމާއެކު 2025 ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒުހިފައި މަސައްކަތް ކުރިއަށްދާކަމުގައި ހާމަކުރައްވާފައެވެ. އަދި މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގައި ޓީ.ބީ ޖެހޭ މިންވަރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޓީބީ ދެނެގަތުމަށް ހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މި ސަރަޙައްދުން ޓީބީ ނައްތާލުމާއި، ޓީބީއާއި ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް ޞިއްޙަތާބެހޭ ވަޒީރުން “ސްޓޭޓްމަންޓް އޮފް ކޮމިޓްމަންޓް” އެއްގައި ވަނީ ސޮއިކުރައްވާފައެވެ. މިގޮތުން، 2030 ވަނަ އަހަރު ޓީ.ބީ ބަލި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް މަސައްކަތްކުރުމާއި، ޓީ.ބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރުންވަނީ މި ސްޓޭޓްމަންޓްގައި އެއްބަސްވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: