ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައީސް މިނިވަން ކުރުމަށް ރައްޔިތުން ކުރާ މަސައްކަތް: ޕީޕީއެމް

ޕީޕީއެމް އިން ކުރިއަށް ގެނދިޔަ އިހުތިޖާޖެއްގެ ތެރެއިން/ ފޮޓޯ:- ދަޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓި އަށް ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަނ ކުރުަށް ރައްޔިތުން ކުރާ މަސައްކަތް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އިން ބުނެފިއެެވެ.

ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޕާޓީގެ އެންމެހާ މެންބަރުންނަށް އަރިސްކުރަމުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނުހައްގުން، ސިޔާސީ ނުފޫޒުން ބަންދުކޮށްފައިވާ ރައީސް ޔާމީން މިނިވަން ކުރުމަށް ޕާޓީގެ އިތުރުން ދިވެހި ރައްޔިތުން ކުރާ މަސައްކަތްތަކަކީ ޕާޓީއިން ބަލައިގަނެ ތައުރީފުކުރާ ކަމެއް ކަމަށެވެ. ޕާޓީގެ ފަރާތުން އިންތިޒާމު ކުރާ ކަންކަމުގައި ބައިވެރިވާ ދިވެހި ރައްޔިތުންގެ އަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެއްބާރުލުންދޭ ރައްޔިތުންގެ އަދަދު ހާހުން ހާހަށް އިތުރުވަމުންދާ ކަމަށް ވެސް ޕާޓީގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޕީޕީއެމްގެ 10 އަހަރުގެ ތާރީހަށް ބަލާލާއިރު، ޕީޕީއެމް ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށް ފާހަގަކޮށް ނޫސް ބަޔާނުގައި ބުނެފައިވަނީ ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިޚާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުކަމަށާއި އެ އިންތިޚާބުގައި ޕާޓީގެ އެފަހަރުގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކުރައްވާ ކާމިޔާބު ކުރައްވާފައި ކަމަށެވެ. އެއާއެކު 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިގައުމާއި ރައްޔިތުންނަށް އެތައް ކާމިޔާބަކާއި ކުރިއެރުން ގެނެސްދެއްވި 5 އަހަރުގެ ވެރިކަމެއް ފުރިހަމަ ކުރައްވައި ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއ ގެނެސްދީފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވައި، ދިވެހީންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ކުރެއްވި މަސައްކަތުން އެތައް ކާމިޔާބީއެއް ހާސިލު ކުރައްވާފައިކަމަށް ޕާޓީއިން ބުނެއެވެ. އުމްރާނީ ގޮތުންނާއި، ތައުލީމީ ދާއިރާއިންނާއި، ސިއްހީ ދާއިރާންނާއި، ކުޅިވަރުގެ ދާއިރާއިންނާއި އަދިވެސް އެނޫން ދާއިރާތަކުންވެސް ވަނީ މިގައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވުމުގެ އިތުރުން ޕާޓީ އިން ވަނީ 2013 ގެ ރިޔާސީ އިންތިޚާބަށް ފަހު، 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީވެސް ޕީޕީއެމްއިން ހޯދާ އެއިންތިޚާބުވެސް ކާމިޔާބުކޮށްފައިވާކަން ޕާޓީ އިން ފާހަގަކުރެއެވެ.

ޕާޓީގެ ކާމިޔާބީތަކަށް ހިޔަނި އެޅިގެން ދިޔައީ، ޕާޓީއަށް ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުހިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް ޔާމީން ހައްގުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބެހެއްޓުމުން ކަމަށް ޕާޓީ އިން ބުނެފައިވެއެވެ. އެހާާލަތުގައި އަނިޔާ ލިބެމުން ދިޔަނަމަވެސް އެމަނިކުފާނަށް ނުޙައްގުން ދެމުންގެންދާ އަނިޔާއާއި ދެކޮޅު ހަދާ އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށްޓަކައި ޕާޓީއާއިއެކު ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ގެންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށް ޕާޓީއިން ބުނެފައިވެއެވެ.

މިވަގުތު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދާގެއްލުންތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާކަމަށް ޕާޓީއިން ދެކެއެވެ.

ޕީޕީއެމް ގެ 10 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރާއިރު، ޕާޓީގެ ކޮންމެ މެންބަރެއްގެވެސް އަދި ދިވެހި ރައްޔިތުންގެ ގިނަ ބައެއްގެވެސް ދުއާއަކީ ޕީޕީއެމްގެ ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވެ ޖަލުން މިނިވަންވެ 2023 ވަނަ އަހަރުގެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް، އިންތިހާބު ކާމިޔާބުކުރުންކަމަށް ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: