ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސ.މީދޫ އިސްމެޖިސްޓްރޭޓް ތައްޔިބުއާއި މެދު ފިޔަވަޅުއެޅުމަށް ޖޭއެސްސީއިން ނިންމައިފި

ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުއާިއ މެދު ފިޔަވަޅުއެޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން އިސް މެޖިސްޓްރޭޓް ތައްޔިބު އާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 29 ސެޕްޓެންބަރު 2021 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 74 ވަނަ ބައްދަލުވުމުގައެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނެއްގަިއ ބުނީ  ޠައްޔިބު މައްސަލަ ރައްދުވާ ފަރާތް “ގޭގައި” ބަންދުކޮށްފައި ބެހެއްޓުމަށް ނެރެފައިވާ އަމުރަކީ، އިޖުރާޢަތާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން ތަހްގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެން ކަމުން އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުގެ މިޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫ)ގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ) އާއި، އެމާއްދާގެ (ޅ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭނާއާއި މެދު ޖޭއެސްސީ އިން ވަނީ ނަސޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: