ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެއަށް ދިމާވެފަވާ މައްސަލަތައް ހައްލުނުވެގެން އުޅެނީ މުއިއްޒުގެ ސަބަބުންނެއް ނޫން: އުޝާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެއަށް ދިމާވެފަވާ މައްސަލަތައް ހައްލުނުވެގެން އުޅެނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީގެ މަސައްކަތަށް ހުރަސްއަޅަނީ މުއިއްޒު ކަމަށް ބުނެ ޝާއިރު ކޮށްފައިވާ ރިޕޯޓަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން އުޝާމް ވިދާޅުވީ ވިލިމާލެއަށް ދިމާވެފަވާ މައްސަލަތައް ހައްލުނުވެގެން އުޅެނީ މޭޔަރު މުއިއްޒުގެ ސަބަބުންނެއް ނޫން ކަމަށާއި އެންމެ ބޮޑު މައްސަލައަކީ ދާއިރާގެ ކައުންސިލަރު އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންނުވުން ކަމަށެވެ.

“ހިޔާލު ތަފާތުވުންތަކާއެކުވެސް ދާއިރާގެ ކަންކަމުގަ އެކުގައި މަސައްކަތްކުރެވެންވާނެ” އުޝާމް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ކައުންސިލަށް ހުށަހަޅުއްވާ ކަންްކަން ހައްލުކޮށްދެއްވުމަށް ޓަކައި މޭޔަރު މުއިއްޒު އެކަަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރައްވާކަމަށް ނަހުލާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އޭނާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވަނީ ވިލިމާލޭގެ ސިނަމާލޭ ފްލެޓުތަކުގައި އުޅޭ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ސިޓީ ކައުންސިލަށް ދެ ހަފްތާއެއްގައި ވިދިވިދިގެން ހުށަހެޅުމުން ވެސް މޭޔަރުގެ ފާރާތުން އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތްކޮށްދީފައި ނުވާތީއެވެ.

އެގޮތުން ފައިސާ ދައްކަންޖެހޭ މިންވަރަށް ދައްކައި ނިމުނު ނަމަވެސް ފްލެޓް އަމިއްލަ ވާނެ ގޮތުގެ އުސޫލެއް ނެތި މިއަދާ ހަމައަށް ވެސް ފައިސާ ދައްކަމުން އަންނަ ފަރާތްތަކެއް އުޅެމުން އަންނަކަމަށް ނަހުލާ ވިދާޅުވިއެވެ.

އެގޮތުން މިފަދަ އެކި ކަހަލަ މައްސަލަތަކާއެކު 31 އާއިލާއެއްގެ ޝަކުވާއާއި ކަންބޮޑުވުން ކައުންސިލަށް ހުށަހެޅިކަމަށް ނަހުލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: