ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރްސީއެމްގެ ރައީސް ކަމަށް މުނާ އައްޔަނުކުރަން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސްކަމަށް މަރިޔަމް މުނާ އަދި ނާއިބު ރައީސް ކަަމަށް ޑރ. އަހްމަދު އަދުހަމް އަބްދުﷲ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 47 މެމްބަރުންގެ ވޯޓުންނެވެ. އަދި ނައިބު ރައީސް ކަމަށް އަދުހަމް އައްޔަނު ކުރަން ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓުންނެވެ.

މުނާއަކީ އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވަރސިޓީއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ފަރާތެކެވެ. މުނާ މީގެ ކުރިން ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމުގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ޑިރެކްޓަރގެ މަޤާމު ވެސް ފުރުއްވާފައެވެ.

އެޗްއާރްސީއެމްގެ ރައީސްއާއި ނާއިބު ރައީސް މަގާމަށް ބޭފުޅުން އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ އެ ދެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެޗްއާރްސީއެމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އައިމިނަތު އީނާސް މިދިޔަ އަހަރުގެ ޖުލައި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: