ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ލަސްކުރުމުން އިންސާނީ ވަގުފާރީއަށް މަގުފަހިވާނެ: ޓްރާންސްޕޭރެންސީ

ބިދޭސީ މަސައްކަތްތެރީން/ ފޮޓޯ:- ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ މަސައްކަތްތެރީންނަށް މިނިމަމް ވޭޖް ދިނުން ލަސްކުރުމަކީ އެކަމުގެ ސަބަބުން އިންސާނީ ވަގުފާރީއަށް އިތުރަށް މަގުފަހިވެގެންދާނެކަމެއްކަން ފާހަގަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މިޝަން ފޯމައިގްރޭންޓް ވޯކާސް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހިންނަށް މިނިމަމް ވޭޖް ދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރީންނަށް ދިނުމަށް ހަމަޖެހިފައި މިނިމަމް ވޭޖުތައް ދެވޭނީ މީގެ ފަސް އަހަރު ފަހުން ކަމަށް މިހާތަނަށް އައިއިރު ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރީންނަށް ނާއިންސާފުން ކަންތައް ކުރެވިގެންދާނެކަން ފާހަގަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މިޝަން ފޯ މައިގްރޭންޓް ވޯކާސްމޯލްޑިވްސް އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ބިދޭސީން ލައްވައި މަސައްކަތްކުރުވައި މި މަސައްކަތްތެރީންނަށް ހައްގު އާމްދަނީ ނުދޭނެ ކަމުގެ ބިރު މި އިދާރާތްތަކަށް އޮތް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރީންނަށް ކުރިމަތި ވެދާނެ އުނދަގުލާއި ގޮންޖެހުންތަކާއި ކަންބޮޑުވުން ފާލުކުރަމުންނޫސް ބަޔާނުގައި ބުނެފައިވަނީ މި ފަރާތްތަކުން އަދާ ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކުރެވިގެންދާނެކަމަށެވެ. މީގެ ތެރޭގައި ލޯންތަކަށް ލާރި ދއްކުމުގެއިތުރުން ދިރިއުޅުމަށް ދިމާވާނެ ދަތިތަކަށް ނޫސް ބަޔާނުގައި ބާރު އަޅުވާފައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގެ ސަބަބުން އިންސާނީ ވަގުފާރީގެ މައްސަލަތައް އާއްމުވެ އިތުރުވެދާނެ ކަމުގެ ބިރު އިދާރާތްތަކަށް އޮތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރަންޖެހޭކަމާއި އެކަމުގެ މުހިންމުކަން ބަޔާން ކުރަމުން ނޫސް ބަޔާނުގައި ބުނެފައިވަނީރަނގަޅު ދިރިއުޅުމެއް ބިދޭސީ މަސައްކަތްތެރީންނަށް ގާއިމުކޮށް ދޭނެ މަގެއއ ފަހި ކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.

މިނޫސް ބަޔާނުގައި ކަމާއި ބެހޭ އިދާރާތްތަކުން މިހާތަނަށް އިންސާނީ ވަގުފާރިފަދަ މައްސަލަތައް މަދުކޮށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ވަނީ ތައުރީފު ކޮށްފައެވެ.

މިނިމަމް ވޭޖް ދިނުމުގެ މަސައްކަތް 2019 އަހަރުގެ ފަހުކޮޅު ފެށިނަމަވެސް، ކޮވިޑްގެ ސަބަބުން އިގްތިސާދީ ހާލަތު ދަށްވާން ފެށުމާއެކު މިނިމަމް ވޭޖް ދިނުން ވަނީ ލަސްކޮށްފައެވެ. އަދި މިފަހުން ސިވިލް ސާވަންޓުންނާއި އެނޫންވެސް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި އިހްތިޖާޖުތަކާއިއެކު މިނިމަމް ވޭޖް އަންނަ އަހަރު ޖެނުއަރީއިން ފެށިގެން ދޭނެކަން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް، މިހާރުވެސް މިނިމަމް ވޭޖް ދިނުން ލަސްވެފައިވާކަމަށް ގަބޫލުކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ.

މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އަގުތަކެއް ކަނޑައެޅުމަށްފަހު ބޯޑުން ވަނީ މިނިސްޓަރަށް ލަފަޔަށް ފޮނުވާފައެވެ. ބޯޑުން ކަނޑައެޅި އަގުތަކުގެ ތެރޭގައި ހިމެނެނީ ކުދި ފަންތީގެ ވިޔަފާރިތަކުގައި އަށް ގަޑިއިރު މަސައްކަތް ކުރާ މީހުންނަށް 6،000 ރުފިޔާ، ސިވިލް ސާވިސް މުވައްޒަފުން ނުވަތަ މެދު ފަންތީގެ ވިޔަފާރިތަކުގައި އަށް ގަޑިއިރު މަސައްކަތް ކުރާ މީހުންނަށް 7،000 ރުފިޔާއެވެ. އަދި މަތީ ފަންތީގެ ވިޔަފާރިތަކުގައި އަށް ގަޑިއިރު މަސައްކަތްކުރާ މީހުންނަށް 10،000 ރުފިޔާ ދިނުމަށް ވަނީ ބޯޑުން މިނިސްޓަރަށް ހުށައަޅާފައެވެ. ބޯޑުން މިއަގުތައް ކަނޑައެޅިނަމަވެސް، މިނިމަމް ވޭޖް ދޭން ފަށާނީ ބޯޑުގެ ނިންމެވުން ބެއްލެވުމަށްފަހު މިނިސްޓަރު ނެރުއްވާ ގަރާރަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: