ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒެނީޝާގެ ދިފާއުގައި ނަޝީދު: ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތް!

ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ އޭރު އަތޮޅުތެރެއަށް ކުރެއްވި ބައެއް ދަތުރުފުޅުތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ކުރާ ދައުވާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިކުމެވަޑައިގެންފިއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި، ތަނުގެ ތެރެއިން ކުދިން ނެރެގެން ގެންދިޔައީ އުސޫލާއި ހިލާފަށްކަމަށް ބުނެ ކުރީގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ދައުވާކޮށްދޭން އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެޗްއާރުސީއެމުން ތަހުގީގު ކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ ކަމާގުޅޭ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒެނީޝާއަށް ކުރާ ދައުވާތަކުގެ ސަބަބުން މުޖްތަމައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޒެނީޝާގެ މައްޗަށް ކުރަނީ ކޮން ތުހުމަތުތަކެއްކަން ސާފެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުން މިއީ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި ބައެއް ކުދިން ނެރެގެން ގެންދިޔައީ އުސޫލާއި ހިލާފަށްކަމަށް ބުނާ މައްސަލައެކެވެ. އަދި އެ ކުދިން ތަނުން ނެރެގެން ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ހޯދިއިރު، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް އިޖުރާއަތްތަކަށް އަމަލުކޮށްފައި ނުވާކަމަށް ބުނެ އެވެ.

މުވައްޒަފުންގެ މައްޗަށް ކުރަނީ އިހުމާލުގެ ތުހުމަތުތަކެކެވެ. މައްސަލައިގައި ޕީޖީން ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ. އަދި އެޗްއާރުސީއެމްއާއި އެކު މައްސަލައާއި ގުޅޭގޮތުން މަޝްވަރާތަކެއް ދަނީ ކުރަމުންނެވެ.

އެޗްއާރުސީއެމްއިން ދައުވާކޮށްދޭން އެދި ފޮނުވި 30 މީހުންގެ ތެރޭގައި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ހިމެނެ އެވެ.

މި މައްސަލައިގައި އެޗްއާރުސީއެމްއިން މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ދީފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 57%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: