ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ސިއްހީ ދައިރާ ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ނައިބު ރައީސް އައްޑޫ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުން/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ލާމަރުކަޒީ ނިޒާމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބަދަލުވެގެން ދާނީ ރައްޔިތުންނާއި ގާތުން ދެވޭ ޚިދުމަތްތަކަކަށް ކަމުގައެވެ. އެގޮތުން އައްޑޫގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައް ފާހަގަކޮށް، ފުޅާ ދާއިރާއެއްގައި މިކަންތަކާއި މެދު މަޝްވަރާކޮށްފައިވެއެވެ.

އައްޑޫގެ ކޮންމެ ކައުންސިލަކުން، އެ ދާއިރާތަކަށް ކުރިަތިލަމުންދާ ގޮންޖެހުންތައް އެމަނިކުފާނާއި ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ދާއިރާތަކަށް ދިމާވާ އިންސާނީ ވަޞީލަތްތަކާއި ބަޖެޓުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އައްދޫގައި ހިންގޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އުފެދިގެން އަންނަ ވަޒީފާތަކަށް ފުރުޞަތު ދިނުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދިނުމަށް ކައުންސިލަރުން އެދުނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އިއްޔެ ހަވީރު ކުރިއަށް ގެންދެވުނު، ސާވިސް އެކްސެލެންސީ ޕްރޮގަރާމު ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ފުރިހަމަ ބޭނުން ހިފައި ހޮސްޕިޓަލްތަކުގެ މަސަކަތް އިތުރަށް ކުރިއެރުވުން މުހިންމު ކަމަށެވެ. އަދި ހަމަ އެހެންމެ މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވެ މަސައްކަތު މާހައުލުގައި އޮންނަ ދޭދޭ ގުޅުންތައް ވަރުގަދަކޮށް އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަސް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވަނީ ކޮވިޑު ގެ ވަބާ އިން ސަލާމަތްވުމަށް މިބަލީގެ ކަންތައް މެނޭޖު ކުރަމުންދާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވަހަކަފުޅުގައި، ކޮވިޑުން އަރައިގަތުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތަށް އަލިއަޅުވާލައި އެފަރާތްތަކުގެ މަސައްކަތަށް ތައުރީފު ކޮށްފައިވެއެވެ.

ސަރވިސް އެކްސެލަންސް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށް ފައްޓަވާފައިވާ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އޭއީއެޗްގެ މުވައްޒަފުންނަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: