ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ދެވަނަ ފިވަހީގެ ފުރަތަމަ މިސްކިތް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމަލެ ފޭސް 2 ގައި ބިނާ ކުރެވުުނު ފުރަތަމަ މިސްކިތް ކަމަށްވާ “މަސްހިދުލް ޢަމީލް ޖަލީލް” މިސްކިތް މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއާޒް، އިމްރާން އަބްދުﷲ މި މިސްކިތް ހުޅުވައިދެއްވި މިމިސްކިތަކީ ޖުމްލަ  480 މީހުންގެ ޖާގައިގެ މިސްކިތިކެވެ. މި މިސްކިތުގެ ގޯތިތެރެއާއި އެކު ޖުމްލަ 700 މީހުންނަށް ނަމާދުކުރެވޭނެ އެވެ.

އަމިއްލަ ފަރާތުން މިމިސްކިތް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ބިން ދޫކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި ހަމަ އެހަރުގެ ނޮވެމްބަރު މަހު މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މި މިސްކިތް އިމަރާތްކުރެވިފައިވަނީ ދެފަންގިފިލަ އަށެވެ މިސްކިތުގައި ފިރިހެނުންނަށް ހާއްސަ ބައެއް ހަދާފައިވުމުގެ އިތުރުން އަންހެނުންނަށް ނަމާދުކުރެވޭނެ ހައްސަ ޖާގައެއްގެ އިތުރުން އަންހެނުންނަށް ވުޟޫ ކުރެވޭނެ އިންތިޒާމް ކުރެވިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

މި މިސްކިތުގެ މަތީ ފަންގިފިލާގައި ކްލާސްރޫމަކާއި ލައިބްރެރީއެއް ގާއިމުކޮށްފައިވާއިރު މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތުގެ ވަށައިގެން ހުރިހާ ފަޅިއަކުންވެސް މިސްކިތަށް ވަދެވޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: