ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ރަށްތަކަށް އެމްބިއުލާންސްތައް ފޮނުވަން ފަށައިފިއެވެ.

އެސްޓީއޯއާ ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތަކުގެ ތެރެއިން މިއަދު ފޮނުވާފައިވަނީ 20 ރަށަކަށެވެ. އެގޮތުން އެމްބިއުލާންސް މިއަދު ފޮނުވާފައިވަނީ އއ.ތޮއްޑޫ، ފ.ބިލެއްދޫ، ތ. ގާދިއްފުށި، ތ.މަޑިފުށި، ގއ. ގެމަނަފުށި، ކ.މާމެންދޫ، އދ.ދަނގެތި، ކ.ހުރާ، ބ.ކުޑަރިކިލު، ބ.ތުޅާދޫ، ޅ.ކުރެންދޫ، ރ.އިނގުރައިދޫ، ނ.މިލަދޫ، ނ.ހެނބަދޫ، ށ.މަރޮށި، ށ.ފޯކައިދޫ، ހދ.ނޮޅިވަރަން، ހދ.މަކުނުދޫ، ހއ.އުލިގަމު އަދި ހއ.ފިއްލަދޫ އަށެވެ.

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހު އެވެ.

އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: