ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޝަހީމް ހިންގަވާ ޕްރީ ސްކޫލަށް، ކުދިން ވަނުމަށް ހުޅުވާލައިފި

ޝަހީމްގެ 'ކޮއްކޮމެންގެ ޕްރީ ސްކޫލު'ގައި ދަރިވަރުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕްރީ ސްކޫލެއް ބައްލަވައިގަނެ، އެ ސްކޫލަށް ކުދިން ވަނުމަށް ހުޅުވާލައިފި އެވެ.

ސްކޫލާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ޑރ. ޝަހީމް ވިދާޅުވީ، ބައްލަވައިގެންފައިވާ ސްކޫލުގެ ނަމަނީ “ކޮއްކޮމެން ޕްރީ ސްކޫލު” ކަމަށެވެ. ސްކޫލުގެ ކަންކަން ބަލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ، ޑރ. ޝަހީމްގެ ކޮއްކޮ ޝިފާޔަތު އަލީ އެވެ. ޝިފާޔަތު މަސައްކަތް ކުރާނީ ކޮއްކޮމެންގެ ޕްރީސްކޫލްގެ ޑެޕިއުޓީ ޗެއާމަންގެ ގޮތުގަ އެވެ. ޝިފާޔަތަކީ ތައުލީމީ ދާއިރާގައި ތަޖުރިބާ ގިނަ، އިސްލާމީ ތައުލީމުގެ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި އެއީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ޣިޔާސުއްދީން ސްކޫލާއި އެކި ތައުލީމާއި ގުޅުން ހުރި ތަންތަނުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުރި ނޭފުޅެކެެވެ.

ޑރ. ޝަހީމް ވިދާޅުވީ ސްކޫލަށް ކުއްދިން ވަނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކޮއްކޮމެންގެ ޕްރީސްކޫލަށް ކުދިން ވަނުމަށް ވަނީ ހުޅުވާލާފައި/ ފޮޓޯ: ޑރ. ޝަހީމް

ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ ސްކްލަކީ ޒަމާނާއި އެއްގޮތަށް ފެންމަބަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ ތަނަކަށް ހެދުން ކަމަށެވެ. އަދި ސްކޫލުގައި ކުދިންގެ ހުނަރުވެރިކަން އިތުރުކޮށް އާލާ ކުރުމާއި އެކު، ރިވެތި އާދަތައް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. ސްކޫލުގައި ކުދިންނަށް ކިޔަވައިދޭނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ. އަދި އެ ކުދިން އަރަބި ބަސް ދަސްކޮށް ދިނުމާއި ކީރިތި ޤުރުއާން ކިޔެވުމަށް ދަސްކޮށްދޭނެ އެވެ.

އެ ޕްރީސްކޫލްގައި އިނގިރޭސި، ދިވެހި ބަހަށް ފަރިތަކުރުވާ ފަދައިން ކީރިތި ގުރުއާނާއި އަރަބި ބަހަށް ވެސް ފަރިތަކުރުވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ކުދިންނަށް ފިލި ދަސްކޮށްދިނުމާއި އެކު، ބެލެނިވެރިންނަށް ފަސޭހަވާނެ ހެން އުމުރަށް ބޭނުންވާ ތައުލީމް ދެވޭނެކަން ޑރ. ޝަހީމް ފާހަގަ ކުރެއްވި އެވެ. ސްކޫލުގައި ކުއްޖާއަށް ކިޔަވަދޭނީ، ޓިއުޝަނަށް ނުފޮނުވައި ވެސް އިތުރު ކަންކަން ކުއްޖާއަށް ދަސްވާނެހެން އެކަމަށް ސަމާލުކަން ދީގެންކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޝަހީމް ވިދާޅުވީ ސްކޫލުގެ ކުދިންނަށް އިލްމު އިސްންޓިއުޓްގައި ކުރިޔަށް ގެންދާ ގުރުއާނާއި އަރަބި ބަހާއި ގުޅުން ހުރި ހުރިހާ ޕްރޮގްރާމެއްގައި ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. ޑރ. ޝަހީމްގެ އެންމެ ބޮޑު އުންމީދަކީ އެކަނިވެރި މައިންގެ ކުދިންނަށް ސްކޫލުން ހިލޭ ތައުލީމް ފޯރުކޮށްދިނުމެވެ.

ކޮންމެ ކުލާހެއްގައި ވެސް ތިބޭނީ ގިނަ ވެގެން 15 ކުދިންނެވެ. ސްކޫލުގައި ކިޔަވަދޭނީ ތަޖުރިބާ ހުރި، ރަނގަޅު ޓީޗަރުންކަމަށް ޑރ. ޝަހީމް މައުލޫމާތު ދެއްވި އެވެ.

ސްކޫލުގައި ހާއްސަ އިސްކަމެއް ދޭނެ ކަންތަކުގެ ތެރޭގައި އިތުރު ހަރަކާތްތައް ހިމެނެ އެވެ. އެގޮތުން ތަނުގައި ޕްލޭ ގްރައުންޑެއް އޮންނައިރު، ކޮންމެ ކްލާހެއްގައި ވެސް ޓީވީތައް ހުންނާނެ އެވެ. އަދި ހުރިހާ ކްލާހެއް ވެސް ހުންނާނީ އޭސީކޮށްފަ އެވެ.

ސްކޫލުގެ ކަންކަން ކައިރިން ބެލުމުގެ ގޮތުން، 24 ގަޑިއިރު ސީސީޓީވީ އޮޕަރޭޓު ވާނެ އެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 46%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 8%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: