ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ކުޑަގިރި ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކ. ކުޑަގިރި ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މާލެ އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލުކޮށްފައިވަޏީ އެމްޓީސީސީއާއިއެވެ.

ޖުމްލަ  41.48 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކާ، 397.27 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 428.32 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމޭނެ ކަމަށް ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ, މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށް ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ މި ވައުދު އަންނަ އަހަރުގެ އޭޕްރިލް މަހަށް ފުއްދައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މީގެ ކުރިން ކަނޑައަޅާފައި އޮތް ރަށަކީ ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށް ޓޫރިސްޓް ރިސޯޓެއްގައި ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް މިހާތަނަށް އައިއިރު ނެތެވެ.

އެހެން ކަމުން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: