ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ތެރެއިން ކޮވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު 100 އާއި ގާތް!

މޮނިޓަރިން ހާލަތަށް ގެނެވިފައިވާ ރަށެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރެއިން ކޮވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދުތަށް އިތުރުވެ މުޅި ރާއްޖޭގެ އަދަދުތަށް 100 އިން މައްޗަށް އަރަން ފަށައިފި އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ހަމަޔަކަށް އެޅުމާއެކު އެޗްޕީއޭއިން ދަނީ ބޮޑެތި ލުއިތަކެއް ދެމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ޕީސީއާރު ޓެސްޓާއި ނުލާ ދަތުރުވެސް ކުރެވެއެވެ.

އެޗްޕީއޭން ކަނޑައަޅާފައި އޮތީ މި ސެޕްޓެމްބަރު ފެށިގެން ވެކްސިން ޖެހުމުގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރަށްރަތަކަށް ޓެސްޓް ހެދުމަކާއި ނުލާ ދަތުރު ކުރެވޭނެ ގޮތަށެވެ.

މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާއިރު، 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އާބާދީގެ 95 އިންސައްތަ ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އާބާދީ ކުދި ރަށްތައް ނަމަވެސް އޭގެ ތެރޭގައި އާބާދީ ބޮޑެތި ރަށްރަށް ކަމުގައިވާ ފުވަމުލަށް ސިތީއާއި އައްޑޫ ސިޓީ ހިމެނެއެވެ. 

މިވަގުތު ޖުމްލަ 24 ރަށެއް މޮނިޓަރިންގގައި އޮތް އިތު މީގެ ތެރޭގައި އައްޑޫ ސިޓީވެސް ހިމެނެއެވެ. އަދި އެންމެ ގިނަ އަދަދެއްގެ ރަށްތަށް މޮނިޓަރިންގައި އޮތީވެސް އައްޑޫސިޓީއިންނެވެ.

މިި ލުއިތަކާއެކު މިހރު އަތޮޅުތެރެއިން ދުވަލެއްގެ މައްޗަށް ޕޮސިޓިވްވާ މީހުންގެ އަދަތުތަށް ވަނީ މަތިވާން ފަށާފައެވެ.

ކޮންމެ ދުވަހަކުވެސް އެޗްޕީއޭއިން އާންމުކުރާ ކޮވިޑްގެ ތަފާސްހިސާބުތަށް ދައްކާގޮތުން އިއްޔެ މުޅި ރާއްޖެއިން 119 މީހަކު ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ.

މާލެ ސަރަހައްދުން ކޮވިޑަށް ޕޮސިޓިވްވެފައި ވަނީ 18 މީހުންނެވެ. މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން 96 މީހުން ޕޮސިޓިވްވި އިރު ރިސޯޓުތަކުން ފަސް މީހަކު ވަނީ ކޮވިޑަށް ޕޮސިޓިވްވެފައެވެ.

އަތޮޅުތެރެއިން ގިނަ ޕްސިޓިވް ކޭސްތަކެއް ހުރި އިރު މިވަގުތު އެންމެ ހާލަތު ގޯސް ރަށްރަށުގެ ތެރޭގައި ސ.ހިތަދޫ، ފުވަމުލަށް ސިޓީ، މ، ދިއްގަރު، ގއ. ވިލިނގިލި ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 88،635 އަށް އަރައިފައެވެ. މި ބަލީގައި ރާއްޖެ އިން 245 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް ބަލީގައި މިވަގުތު ފަރުވާދެނީ 2،075 މީހުންނަށެވެ. އޭގެ ތެރެއިން 28 މީހަކު ތިބީ ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްފައެވެ. މި ބަލި ޖެހިގެން މިހާތަނަށް އައިއިރު ރަނގަޅުވެފައިވާ މީހުންގެ އަދަދު 86،302 އަށް އަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: