ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ދިނުމަށް ބޯޑުން ލަފާދިން އުޖޫރަ ކުޑަކޮށް މިނިމަމް ވޭޖް އެކުލަވާލައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް—ފޮޓޯ:- ދި އެޑްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ދިނުމަށް ބޯޑުން ލަފާދިން އުޖޫރަ ކުޑަކޮށް މިނިމަމް ވޭޖް އެކުލަވާލައިފިއެވެ.

މިނިމަމް ވޭޖު ކަނޑައަޅައި އިއުލާންކޮށްފައިވާއިރު ކުދި ވިޔަފާރި އަދި ބޮޑެތި ވިޔަފާރިތަކަށް ދިނުމަށް ބޯޑުން ދިން ލަފާއަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެހެންނަމަވެސް، މެދު ފަންތީގެ ވިޔަފަރި އަދި ޕަބްލިކް ސެކްޓަރގެ އުޖޫރައަށް  ބޯޑުން ދިން ލަފާއާއި އެއްގޮތަށް މިނިސްޓްރީއިން ވަނީ އެއުޖޫރަ ކަނޑައަޅާފައެވެ.

ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖު ބޯޑުން ކަނޑައެޅީ ގަޑިއިރަކަށް 24 ރުފިޔާ 4 ލާރިއެވެ. އެއީ މަހެއްގެ މައްޗަށް 5000 ރުފިޔާއެވެ. އެހެންނަމަވެސް، ކުދި ވިޔަފާރިތަކަށް މިއަދަދު އުޖޫރައިގެ ގޮތުގައި ދިނުމަކީ ފަސޭހަކަމަކަށް ނުވާނެތީ އެއަދަދު ގަޑިއިރަކަށް 21 ރުފިޔާ 63 ލާރިއަށް ވަނީ ކުޑަކޮށްފައެވެ.

މެދު ފަންތި އަދިި ޕަބްލިކް ސެކްޓަރގެ އުޖޫރައިގެ ގޮތުގައި ކަނޑައެޅުމަށް ބޯޑުން ލަފާ ދީފައިވަނީ ގަޑައިރަކަށް 33 ރުފިޔާ 65 ލާރިއެވެ. އެއީ މަހެއްގެ މައްޗަށް 7000 ރުފިޔާއެވެ. އެއަދަދުތަކަށް ތާއީދުކޮށް މިނިސްޓްރީއިން ވަނީ އެއުޖޫރަ ދިނުމަށް ކަނޑައަޅާފައެވެ.

ބޮޑެތި ވިޔަފާރިތަކަށް ބޯޑުން ލަފާ ދީފައިވަނީ ގަޑިއިރަކަށް 42 ރުފިޔާ 79 ލާރި ދިނުމަށެވެ. އެއީ މަހެއްގެ މައްޗަށް 8900 ރުފިޔާއެވެ. އެހެންނަމަވެސް މިނިސްޓްރީއިން ވަނީ ބޯޑުން ދިން ލަފާއަށް ބަދަލު ގެނެސް، މަހެއްގެ މައްޗަށް 8000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މިނިމަމް ވޭޖްގައި އެއްވެސް އިންކައިންޑް ބެނިފިޓެއް ނުހިމެނޭނެއެވެ. އަދި “ފިކްސްޑް”ކޮށް ލިބޭނެކަމަށް ކަނޑައަޅާފައި އޮންނަ އެއްޗަކީ މިނިމަމް ވޭޖުކަމުގައި ބެލެވޭނެކަމަށްވެސް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ބޯޑުން ބައެއް އިތުރު ލަފާ ދީފައިވާއިރު އޭގެ ތެރޭގައި ޕަބްލިކް ސެކްޓަރ މުވައްޒަފުންގެ މަސައްކަތުގެ ވަގުތު ހަ ގަޑިއިރުގެ ބަދަލުގައި 8 ގަޑިއިރަށް ބަދަލުކުރުމަށް ވަނީ ލަފާ ދީފައެވެ. މިކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: