ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ވެރިކަމުގެ ނިޒާމަކުން ފެންނަނީ ތަހުޒީބީ ވިސްނުމެއް: އިމްރާން

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި އިމްރާން ވާހކަދެއްކުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު، ޖުމްހޫރީ ވެރިކަމަށް ބަދަލު ކުރުމަކީ ދިވެހިންގެ ތަހުޒީބު ވިސްނުމާއި ހޭލުންތެރިކަން ފެންނަ ކަމެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭގަ ބޭއްވި ޖުމހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ، ޖުމްހޫރީ ނިޒާމަކަށް ވެރިކަން ބަދަލުވުމަކީ ޒަމާނާއި ގުޅޭ ވެރިކަމެއް ރާއްޖެ ގެނައުމަށް ދިވެހިން ގެނައި ބޮޑު ބަދަލެއް ކަމަށެވެ. ވެރިކަމަށް އައި ބަދަލަކީ ޒަމާނަށް ލޯހުޅުވި ތަރައްގީ އާއި ގައުމުގެ ކުރިމަަގަށް މަސައްކަތް ކުރަމުންދާކަން އަންގައިދޭ ހެއްކެއްގެ ކަމަށެވެ.

ދިވެހިން ގެނައި މިބަދަލާއި އެކު ގައުމުގެ ކުރިމަގު އުޖާލާ ކުރުމަށް ދިވެހިން ކުރި މަސައްކަތުގެ ފަހި ނަތީޖާ ފެންނަން އެބައޮތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިގްތިސޯދަށް އައި ބަދަލުތަކާި ކުރިއެރުންތަކަކީ މިކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މިއީ ދިވެހިން ޒަމާނާ ގުޅޭ ދިވެހިވަންތަ ވެރިކަމަކަށްޓަކައި ދިވެހިން ގެނައި ބޮޑު ބަދަލެއް” އިމްރާން

ސަރުކާރަށް ތިން އަހަރު ފުރިގެންދާ އިރު، ރައީސް ސޯލިހު ދައްކައިދެނީ ހަލަބޮލި ސިޔާސީ މާހައުލެއްގައި އިގްތިސޯދީ ގޮންޖެހުންތައް ހުރި ހާލުގައިވެސް، އަމަން އަމާން ކަންމަތީ، ރައްޔިތުން ޝާމިލުކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދީ ސަރުކާރު ހިންގޭނެ ކަމުގެ ހަގީގަތް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ އަންނަން އޮތް ޖީލުތަކަށް ޖުމްހޫރީ ވެރިކަމެއް ވާސިލުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއްކަމުގައެވެ.

މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ 2013 ވަނަ އަހަރު ޖުމްހޫރީ ނިޒާމުގައި ޖެހުނު ކުޑަ ގޮށެއްގެ ސަބަބުން ޖުމްހޫރީ ދުވަހަށް ކޮންމެވެސް ވަރެއްގެ ކިލަނބު ކަމަކާއި އައިބު ކަމެއް އައި ކަމަށެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެ ގޮށް މުއްސަވައި ދެއްވައި ޖުމްހޫރީ ދުވަހުގެ ހައިބަތާއި ގަދަރާއި ޝަރަފު އަނބުރާ ގެނެސްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: