ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމްބަރު ޕްލޭޓު މައްސަލަ: ޕީޖީން ނިންމީ ޝިމާޒާއި ހަމަދުއަށް ދައުވާ ނުކުރަން!

ވަސާޖިއޯ މައްސަލައިގައި ހަމަދު އާއި ޝިމާޒް ހިމެނޭ ގޮތުން ހަ މީހަަކަށް ދައުވާކޮށްދޭން އެދުނު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދުއްވާ އެއްގަމު ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ނިންމާފައިވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މި މަސައްކަތް ވަސާޖިއޯ ކުންފުންޏާއި ހަވާލުކޮށް އޭގެއިން މާލީ މަންފާ ނަގަން އުޅުނުކަމުގެ ތުހުމަތުކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އާއި ހަމަދު އަބްދުލްޢަނީ އަށެވެ. މައްސަލައިގައި ބިޑު ކޮމިޓީގެ ހަތަރު މެމްބަރެެއްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ފޮނުވި އެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދޭން އެދި ފޮނުވި މައްސަލައިގައި ޕީޖީން ނިންމާފައި ވަނީ ދައުވާ ކުރެވެން ނެތް ކަމަށެވެ.

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓަ ޖެނެރަލް ޝަމީމް ވިދާޅުވީ އެ މައްސަލައިގައި މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން އޭސީސީއަށް ވެސް އަންގާފައިވާކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ ދައުވާކޮށްދޭން ފޮނުވާފައިވާ ގިނަ މައްސަލަތައް ޕީޖީން ވަނީ އަނބުރާ ފޮނުވާލާފަ އެވެ. ކޮމިޝަނުން ފޮނުވި މައްސަލަތަކުގެ ތެރެއިން މިހާރު ގޮތެއް ނުނިމި އޮތީ ތިން މައްސަލަ އެވެ.

ނަމްބަރު ޕްލޭޓުގެ މައްސަލަ ބަލަން ފެށީ، ވަސާޖިއޯ އާއި މަސައްކަތް ހަވާލު ކުރީ މާލިއްޔަތު ގަވައިދާއި ހިލާފަށްކަމަށް ބުނެ އެވެ. އަދި ބިޑު މަރުހަލާ ކުރިޔަށް ގެންދިޔައީ ޓެންޑާރ ބޯޑު މެދުވެރިކޮށް އަލުން އެބައި ކުރިޔަށް ގެންދަން ބަންޑާރަ ނައިބުގެ ލަފައާއި އެކު ފިނޭންސް މިނިސްޓްރީން އަންގާފައި އޮއްވަ އެވެ. ވަސާޖިއޯއަކީ ނަމްބަރު ޕްލޭޓު ހެދުމަށް ހުށަހެޅި ތިން ކުންފުނިން އެއް ކުންފުންޏެވެ. އޭގެ ތެރެއިން ވަސާޖިއޯ ދިޔައީ ދެވަނައަށް ނަމަވެސް، ކުންފުންޏާއި މަޝްރޫއު ހަވާލު ކުރީ އެއްވަނަ ލިބުނު ކުންފުނީގެ ބިޑު ބާތިލު ކުރުމަށް ފަހު އެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓުން ބުނީ އެއްވަނަ އަށް ދިޔަ ކުންފުނީގެ ބިޑު ބާތިލު ކުރީ ހުށަހަޅަން ޖެހޭ ލިޔެކިއުމެއް މަދުވުމުން ކަމަށެވެ. ނަމަވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނީ ޓްރާންސްޕޯޓުން ދެއްކީ ގަބޫލު ކުރެވޭ އުޒުރެއް ނޫންކަމަށާއި، މިނިސްޓްރީން އެ ބުނާ ލިޔެކިއުން ހުށަހަޅަން ޖެހޭކަމަށް އުސޫލުގައި ނެތް ކަމަށެވެ. އޭސީސީން ބުނެފައިވާ ގޮތުން ވަސާޖިއޯއަށް މަސައްކަތް ހަވާލުކުރީ އެ ކުންފުނިން ހުށަހެޅި ސާމްޕަލް ބޯޑު ވަރުގަދަކަމަށް ބުނެ އިތުރު މާކްސް ދީގެންނެވެ. އެހެން ނަމަވެސް ހުށަހަޅަން ޖެހޭ ސާމްޕަލް ބޯޑުގެ ކޮލިޓީ ކުރީބައިގައި ޓްރާންސްޕޯޓުން ބުނެފައި ނުވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: