ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެއްޓަށް އަންނަ ބަދަލުތަކަކީ އަސާސީ ހިދުމަތްތައް ދިނުމަށް އޮތް ހުރަހެއް: ޝައުނާ

މިނިސްޓަރު ޝައުނާ، ރައީސް އޮފީހުގެ ރަސްމިއްޔާތެއްގައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކާއި ކުރިމަތުލަމުންދާ ގައުމަކަށް ވީއިރު، ތިމާވެއްޓަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ދިމާވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖއެވެ.

ސަންގު ޓީވީގެ ”ރައީސް ސޯލިހާއި އެކު ތިނެއް“ ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ދިރިހުރުމަށް އަސަރު ކުރާ ކަމަށާއި ރައްޔިތުން އެންމެ ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ.

އެގޮތުން ދިވެހި ރައްޔިތުންނަށް ބޭނުންވާ ސާފު ބޯ ފެން ފޯރުކޯށް ދިނުމަށް ވެސް ގޮންޖެހުންތަކައި ކުރިމަތި ލާން ޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވާ އެންމެ ބޮޑު މައްސަލަ ކަމަށް ވާ ރަށް ގިރުމުގެ މައްސަލަ އަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިފައިވާ ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެށިގެ މައްސަލަތަކަކީ ދިވެހި ރައްޔިތުން ކަންބޮޑުވާ ގިނަ ދާއިރާތަކަށް ގެއްލުން ފޯރުވާ ކަމެއް ކަމުގައި ފާހަގަކޮށް ޝައުނާ ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ވެސް މި މައްސަލަ ތަކުގެ ސަބަބުން ބުރޫ އަރާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ހަވާލުވުމާއި އެކު ތަނުގެ މެންޑޭޓައް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ.

މުޅި ސަރުކާރު ގުޅުވައިދޭ އެއް ސެކްޓަރ ކަމަށް ވާ ޓެކްނޮލޮޖީގެ ސެކްޓަރ ވެސް ހިމެނެނީ މި ވުޒާރާގެ ތެރޭގައި ކަމަށް ވުމާއި އެކު، ދާއިރާތައް ކުރިއެރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓްރީގެ ތެރޭގައި ހިމެނޭ ދާއިރާތައް ކުރިއެރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަަށާއި އިތުރަށް މަސައްކަތްތައް ކުރެވެމުން އަންނަ ކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ގިނަ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިޔަށް ދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: