ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ވީހާވެސް ގިނައިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން: ޝައުނާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުންކަމަށް އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށްގެންދާ ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ނުސާފު ތެޔޮ، ސާފު ހަކަތަ އުފެއްދުމަށް ބޭނުންކުރުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ 2030 ވަނަ އަހަރުގެ ކުރިން، ރާއްޖެ އަކީ ނެޓް ޒީރޯ އެމިޝަން ގައުމެއްގެ ގޮތުގައި ފާހަގަކުރެވިގެންދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަން ހާސިލުކުރުމަށްޓަަކއި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 14 އިންސައްތަ އާއި ގާތް ކުރާ މިންވަރަކަށް އިއާދަ ކުރަނިވި ހަކަތަ ބޭރު ކުރާ، ސޯލަރ ޕީވީ ގެ ގާއިމް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މީގެ އިތުރުން 2018 އާއި ބަލައި 30-40 އިންސައްތަ އާއި ދޭތެރޭގެ މިންވަރަކަށް އިއާދަ ކުރަނިވި ހަކަތަ ބޭރު ކުރާ ފަދަ ސޯސްބޭނުން ކޮށްގެން ހަކަތަ އުފައްދާފައުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުން ސަރުކާރާއި އެކު މަސައްކަތް ކޮށްގެން ތަސްދީގުކޮށްފައިވާ ހަކަތާއި ބެހޭ ގާނޫނަކީ ވެސް ވުޒާރާގެ މަސައްކަތްތަކަށް ލިބުނު ކާމިޔާބެއް ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވިގޮތުގައި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ދިވެހިރާއްޖެއަކީ ހަމައެކަނި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ ގައުމެއްގެ ގޮތުގައި ބަދަލު ވެގެން ދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: