ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރީ ހިދުމަތް ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް: ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެރީ ހިދުމަތް ފޯރުކޮށް ދިނުމަކީ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ރައީސް ސޯލިހާއި އެކު ތިނެއް“ ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ފެރީގެ ހިދުމަތަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއްކަމަށް މިނިސްޓަރ ގަބޫލުކުރާކަމެވެ.

އެގޮތުން ހައި ސްޕީޑު ބޯޓުތަކުގެ ބޭނުންކޮށް ފެރީ ހިދުމަތުގެ ނިޒާމު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހައި ސްޕީޑް ފެރީ ނިޒާމު ގާއިމު ކުރެވުމަކީ ރައްޔިތުންގެ ގިނަ އުނދަގޫތަކަށް ލިބިގެންދާނެ ފަސޭހައެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ފެރީގެ ނިޒާމް ގައިމުކުރެވިގެންދިއުމާއި އެކު، ފެރީ ދަތުރުގެ ސްޕީޑް އަވަސްވެ، ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިހިދުމަތުގެ ސަބަބުން ދަތުރު ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް މަދު ވާނެ ކަމަށެވެ.

ޑޮކްޓަރަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ވަޒީފާގެ ގޮތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް މިނިޒާމުގެ ސަބަބުން ވަގުތު ސަލާމަތް ކުރެވި ދަތުރު ފަސޭހަވާނެ ކަމަށް މިނިސްޓަރ ގަބޫލުކުރެއެވެ.

ހަމައެއާއިއެކު، ކޮޗިން ފެރީގެ ހިދުމަތްތައް ފެށިގެން ދިޔަ ދިޔުމަކީ މިނިސްޓަރ ދެކިލައްވާ ގޮތުގައި ރާއްޖެއަށް އިގްތިސޯދީ މަންފާ ލިބިގެން ދިޔަ ކަމެއް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި ކޮޗިން ފެރީގެ ހިދުމަތް ފެށުމާއިއެކު ރާއްޖޭގެ ގިނަ ޒުވާނުންނަަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންގޮސްފައިވާ ކަމަށާއި ވިޔަފާރިވެރިންނަށް މުދާ އެތެރެ ކުރުމާއި ބޭރުކުރުމަށް ފަސޭހަ މަގެއް ފަހި ވެގެންގޮސްފައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ގުޅުން ހުރި މިފަދަ މަޝްރޫއުތަކަކީ ރާއްޖޭގެ އިގްތިސޯދަށް ސީދާ ގޮތުން މަންފާ ކުރާނެ މަަސައްކަތްތަކެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: