ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ވެރިކަމަށް އައުމާއި އެކު މިނިމަމް ވޭޖު އުވާލާނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެރިކަމާއި ހަވާލުވުމާއިއެކު މިސަރުކާރުން ކަނޑައަޅާފައިވާ މިނިމަމް ވޭޖު އުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިދިކޮޅުން މިނިމަމް ވޭޖު ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ފާހަގަކުރަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅަށް އެކަން ކުރެވިފައިނުވާ ކަމަށާއި އެކަން ކުރީ މިސަރުކާރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް މިނިމަމް ވޭޖު ކަނޑައެޅުމަށް ވާހަކަތަކެއް ދެއްކި ނަމަވެސް، މިއުސޫލު ކާމިޔާބު ކަމާއިއެކު ތަންފީޒުކުރެވުނީ ހަމައެކަނި ރައީސް ސޯލިހުގެ ސަރުކާރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މިނިމަމް ވޭޖު ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ނަމަވެސް މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ފައިދާ ވަރަށްވެސް ބޮޑުކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި އިދިކޮޅު ފަރާތްތަކުން މި އުސޫލަށް ފާޑު ކިޔަނީ، އެސޫލު ތަންފީޒު ކުރުމަށް ހުރަސް އެޅުމަށެވެ. އިދިކޮޅު ޕާޓީއިން ވެރިކަމާއި ހަވާލުވުމާއިއެކު ކުރާނެ އެންމެ ފުރަތަމަ މަސައްކަތަކީވެސް މިނިމަމް ވޭޖުގެ މަސައްކަތް އުވާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް، މިކަމުގެ ސަބަބުން އިގްތިސޯދު ކުރިއަރައިގެން ދާނެކަމަށް މިނިސްޓަރ ގަބޫލުކުރެއެވެ. އެގޮތުން ވިޔަފާރި ތަކުން ހޭދަ ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި އެކު ވިޔަފާރިވެރިން އެފިޝިއަންސީ ޕްލޭންތަކާއި އެއްގޮތަށް މަސައްކަތް ބަދަލު ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ކިބައިން އަމަލުކުރުމަށް އެކަށީގެންވާ ވަކި އުސޫލުތަކާއި ދަމަހައްޓަން ޖެހޭ ކިޔަމަންތެރިކަން ދެމެހެއްޓުމާއި އެކު، ލިބޭ އުޖޫރަ އިންތިހާއަށް ރަނގަޅުވާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކޮވިޑު 19 ގެ ހާލުގައިދިމާވި އެންމެހާ ގޮންޖެހުންތަކާއި ވަކި އިންތިޒާމެއްގެ ދަށުން ކުރިމަތިލައި ރާއްޖޭގެ އިގްތިސޯދު ކޮޅަށް ނެގުުމަށް ފައިދާ ހުރި މަސައްކަތް ކުރެވިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: