ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އޮތީ ވަށާ ޖެހިފައޮތް ޓެކްސޭޝަން ނިޒާމެއް: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިހާރު އއޮތީ ވަށާ ޖެހިފައިވާ ފުރިހަމަ ޓޭކްސޭޝަން ނިޒާމެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީ އިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ 2011 ވަނަ އަހަރު ރާއްޖޭގައި އަމަލު ކުރަން ފެށި ޓެކްސޭޝަން ނިޒާމު ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރު މި ނިޒާމު ފުޅާކޮށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވި މިހާރު ދިވެހިރާއްޖޭގައި އޮތީ ފައިދާ ހުރި ޓެކްސޭޝަންގެ ނިޒާމެއް ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވިގޮތުގައި ވޭތުވެ ދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ މާލީ ނިޒާމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ޓެކްސޭޝަން ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން މާލީ ނިޒާމް ވަރުގަދަ ކުރުމަށް ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއިއެކު އިލެކްޝަންސް ކޮމިޝަންސް ފަދަ ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ގުޅިގެން ސަރުކާރުގެ މާލީ ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ އިތުރުން ވުޒާރާގެ ތެރޭގައި އިންޓަރނަލް އޮޑިޓް މެކޭނިޒަމް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ވެސް ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވިގެން ދިޔަ މަސައްކަތް ތަކުގެ ތެރެގައި ދައުލަތުގެ މާލީ ހިސާބުތައް ދުވަހުން ދުވަހަށް ރައްޔިތުންނަށް ފެންނަ ފަދައިން އާއްމުކުރުމުގެ އިންތިޒާމް ކުރެވި، މަސައްކަތް އެފަދައިން ކުރެވެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮވިޑު 19 ގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ އެއްވެސް ހިދުމަތް ފޯރުކޮށްދިނުމަށް ހުއްޓުމެއް އައިސްފައިނުވުމަކީ ސަރުކާރަށް ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މާލީ ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު، ގައުމު އަޑިއަޅާލި ވަގުތުގައި ރަނގަޅަށް ބެލެހެއްޓުނު ކަމަށާއި، މާލީ ހާލަތު ރަނގަޅުވުމަށް ފުރުސަތު ބޮޑުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: