ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ގޮންޖެހުންތައް އެބަހުރި: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު 19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ގޮނެޖެހުންތަކެއް އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑު ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަނެވޭނީ ކޮވިޑުން އެއްކޮށް ސަލާމަތް ވުމުން ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮވިޑު 19 ގެ ބަލިމަޑު ފެތުރިގެން ދިއުމަކީ ރާއްޖެއަށް އޮތް ރިސްކެއް ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެހެން ގައުމެއްގެ ސަބަބުން ރާއްޖޭގައި ކޮވިޑު އާއްމުވުުގެ ފުރުސަތު އޮތުމަކީ އިގްތިސޯދަށް ފައިދާ ކުރަނިވި މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް، 2023 ވަނަ އަހަރުގެ ކުރިން ވާސިލުވުމަކީ ސަރުކާރުން އަންދާޒާ ކުރާ ގޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2022 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓާއި އެކު އިގްތިސޯދީ މަންފާ އިތުރުކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެރިކަމާއި ހަވާލުވުމާއި އެކު ދިމާވި ކޮވިޑު ގެ ކްރައިސިސް އާއި އެއްކޮށްވެސް، ސަރުކާރުގެ މެނިފެސްޓޯ ގައި ހިމެނޭ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ޕީއެސްއައިޕީ ގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ކަމަށާއި، ދައުލަތުގެ މާލީ ނިޒާމު އަދި ގައުމުގެ އިގްތިސޯދު ވަރުގަދަ ކުރުމަށް ސަރުކާރުން ގަދައަޅާ މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: