ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ އެންމެ މުހިންމު އަސާސަކީ ދިވެހި ރައްޔިތުންގެ ބާރުގެ ދަށުގައި ގައުމު އޮތުން: އެމްއާރުއެމް

އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓިގެ އެނެމެ މުހިންމު އަސާސަކީ ދިވެހި ރައްޔިތުންގެ ބާރުގެ ދަށުގައި ދިވހެިރާއްޖެ އޮތުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމް ގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައިނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މި ޕާޓީ އަކީ ގައުމީ މުހިންމު އިސްލާހީ ހަރާކާތެއް ކަމުގައެވެ. އަދި މި ޕާޓީ އަކީ ގައުމުގެ އިސްލާހަށް މަސައްކަތް ކުރާ ޕާޓިއެއް ކަމުގައެވެ.

ޕާޓީގެ އެންމެ މުހިންމު އަސާސަކީ އިސްލާމް ދީން ރައްކާތެރިކުރުމާއި އެކު ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ދެމެހެއްޓުންކަން ފާހަގަކޮށް އެމްއާރުއެމްއިން ބުނެފައި ވަނީ ދިވެހި ގައުމު އޮންނަން ޖެހޭނީ ރައްޔިތުންގެ ބާރުގެ ދަށުގައި ކަމަށެވެ.

އެމްއާރުއެމްއިން އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމަށް ކަމަށާއި، ގާނޫނީ ހުކޫމަތު ދަމަހައްޓައި އަދުލު އިންސާފު ގާއިމުކޮށް ވައްކަމާއި ކޮރަަޕްޝަން އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެމްއާރްއެމް އިން މަސައްކަތް ކުރާނެކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: