ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕްލޭންތައް ހުޅުމާލެ މަތިން އުދުހުން ހުއްޓާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރުން ހުއްޓާލައިިފި އެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް މީޑީއާތަކަަށް މިއަދު ވިދާޅުވީ މިބަދަލަކީ އެމްއޭސީއެލްގެ މާސްޓާ ޕްލޭންގައި ހިމެނިގެން ގެނައި ދާއިމީ ބަދަލެއް ކަމަށެވެ.

އަރީފް ވިދާޅުވީ މިހާރު ހަތަރު ވޯޓާ ރަންވޭ ހަދައި، ސީޕްލޭންތައް އެއާޕޯޓަށް ޖައްސަން ދެން ދަތުރު ކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރުމަތިންނެވެ. އަދި އާންމު ހާލަތުގައި ނައްޓާލާނީ އުތުރަށް އަދި އުތުރުދެކުނަށް ކަމަށާއި ނަމަވެސް ވައި ހުންނަ ގޮތުން ސީޕްލޭންތައް ހުޅަނގުން އިރަށް ނައްޓާލާނެ ކަމަށް އަރީފު ވިދާޅުވިއެވެ.

އެމްއޭސީއެލް އިން މި ގެނައި ބަދަލާ ގުޅިގެން ހުޅުލެ ފަޅުތެރެއަށް ޖައްސާ ސީޕްލޭންތައް ދެން ޖައްސަން އަންނާނީ ހުޅުމާލޭގެ އިރުމަތީ ފަޅުމަތިންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: