ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ ލެބޯޓަރީ ހިދުމަތް އިފްތިތާހް ކޮށްފި

ނޮޅިވަރަންފަރު ސިއްހީ މަރުކަޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ ލެބޯޓަރީގެ ހިދުމަތް މިއަދު އިފްތިތާޙް ކޮށްފިއެވެ.

ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތުގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަމަދު އާދިލްއެވެ.

އެގޮތުން ފެށިގެން ދިޔަ ލެބޯޓަރީގެ ހިދުމަތާއިއެކު އާންމުކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ރަށުން ބޭރަށް ކުރަން ޖެހޭ ދަތުރުތައްގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެއެވެ. މިވަގުތު ހެދެން ހުރި ޓެސްޓުތަކަށް ބަލާއިރު، ލޭގެ 11 ޓެސްޓް، ހަކުރު ބަލީގެ 3 ޓެސްޓް، ކިޑްނީގެ ތަހުލީލުގެ 4 ޓެސްޓް، ޗިސްމޭ ތަހުލީލުގެ 6 ޓެސްޓްގެ އިތުރުން ހިތުގެ ތަހުލީލުގެ 4 ޓެސްޓެއް ހިމެނެއެވެ. އަދި ކަށީގެ ތަހުލީލުގެ 1 ޓެސްޓް، އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަޙްލީލުގެ 4 ޓެސްޓް، ކުޑަކަމުދާ ތަކެތީގެ ތަހުލީލުގެ 11 ޓެސްޓް، ބޮޑުކަމުދާ ތަކެތީގެ ތަހުލީލުގެ 3 ޓެސްޓް، ދިފާއީ ނިޒާމާއި ލޭގައި ހިމެނޭ ސިރަމްގެ 8 ޓެސްޓުގެ އިތުރުން ޕްރެގްނެންސީ 2 ޓެސްޓް ހިމެނޭ ގޮތަށް ޖުމްލަ 57 ޓެސްޓެއް ހެދޭނެއެވެ. މީގެއިތުރުން، މި ފެށޭ ޑިސެމްބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ހިދުމަތް ވެސް ފެށިގެންދާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ ސިއްހީ ހިދުމަތް ސަރަހައްދީ ފެންވަރެއްގައި ތަރައްގީކޮށް ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުން ކަމަށެވެ. މިގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީ ކުރެވިގެންދާ މަންޒަރަކީ މިކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިފަދަ ހިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަ ފާހަގަކުރައްވާ، ކުރިޔަށް އޮތްތާ މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ އުފާވެރި ހަބަރު ދެއްވިއެވެ.

ކޮވިޑުގެ ދަތި އިގްތިސޯދީ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނުގެ ހިކްމަތު އަމަލީ ގޮތުން ބޭނުންކުރައްވާ ގައުމު އާރާސްތު ކުރުމުން މި ދާއިރާއަށް ކުރެއްވި ހޭދަ އަކީ ތައުރީފް ހައްގު މަސައްކަތެއްކަން ވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ.އީ.އޯ އަލްފާޟިލް އަހްމަދު ދާއޫދު، މި ހިދުމަތް މިއަދު ފެށުމުގައި ހިއްސާވި ފަރާތްތަކަށް ޝުކުރު ދަންނަވަމުން، ވިދާޅުވި ގޮތުގައި، މި ހިދުމަތުގެ ސަބަބުން ނޮޅިވަރަންފަރު ރައްޔިތުންގެ ޖީބަށް ލުއިވެ، ދަތުރު ކުރުމުގައި ކުރިމަތިވާ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެއެވެ. ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައި ވެސް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެއްކަމަކީ، ބަލިވެގެން ނުވަތަ އެނޫން ހިދުމަތެއް ހޯދަން އަންނަ ފަރާތެއްކަމުގައި ވިޔަސް، އޯގާތެރި ހިތްހެޔޮ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެއިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށް ހިދުމަތްތެރީންނަށް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހ،ު ރާއްޖޭގެ ސިއްހީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ހިދުމަތްދޭ ލާމަރުކަޒީ ނިޒާމެއްގެ ގޮތުގައި ބައްޓަންކުރަން ކުރައްވާ މަސައްކަތަށް ދާއޫދު ވަނީ ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: