ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ދައުވާކުރީމާ ރާއްޖެ ގެންދެވޭނެ: އަލީ ވަހީދު

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދު ރާއްޖެ ގެނެވޭނެ ގޮތެއް ނެތް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ވާހަކަތަކަށް އަލީ ވަހީދު މިރޭ ރައްދު ދެއްވައިފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތް ފެށެނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރުމުން ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ އޭނާ ރާއްޖެ ގެންދެވޭނެ ކަމަށާއި ސައްޙަ ތަޙުޤީޤާއި ސައްޙަ ދަޢުވާ ކުރުމުން ކޮންމެ ޤައުމަކުންވެސް އެކަން ބަލާނެ ކަމަށެވެ. ނަމަވެސް، ފްރޭމްކޮށް، ކުރެވޭ ތުޙުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެ ނުދެވޭނަމަ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ އެއްޗެއް ނުހެދޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

“އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފަ. ރައީސް އޮފީހުން ގުޅާލާފަ، ޖޭއެސްސީ އިން ގަޅުވާލާފައި މިތަނުގައި ފަނޑިޔާރުގެއަކާ ނުކުޅެވޭނެ. އަވަހަށް ވަޑައިގަންނަވާ. އަޅުގަނޑު މިހުރީ ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ތައްޔާރަށް. ކުޅިކުޅިވަރު ކުޅޭކަށް ފުރުޞަތެއް ނުދޭނަން” އަލީ ވިދާޅުވި އެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: