ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ހިދުމަތް ގައުމަށް ބޭނުންވޭ، މިނިވަންކުރޭ: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހިދުމަތް ދިވެހި ރައްޔިތުން އިންތިހާއަށް ބޭނުންވާ ކަމަށާއި، ސިޔާސީ ވާދަވެރިންނާއި ވާދަކުރާނީ ކޯޓަކުން ނޫންކަމުގައި މިސަރުކާރުގެ ފުރަތަމަ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމުގެ ފަހުގެ މަރުހަލާގެ ޙުކުމް އިއްވުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

މިޝަރީއަތާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެ ރައްޔިތުން އެދޭ ވެރިއެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.

”ރައީސް ޔާމީނަށް އިންސާފުވެރި ޙުކުމެއް ލިބި އެމަނިކުފާނުގެ ޚިދުމަތް ދިވެހި ޤައުމަށް ލިބުމަކީ އެތައް ރައްޔިތެއްގެ އުންމީދު. ސިޔާސީ ވާދަ ކުރާނީ ވޯޓުން. ކޯޓަކުން ނޫން! ރައީސް ޔާމީން މިނިވަންކުރޭ.” އަލީ ވަހީދު ވިދާޅުވިއެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ.

އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕީޖީ ޝަމީމާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ޓްވީޓުތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: