ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެންނަން އަމުރެއް ނެރެފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފި އެވެ.

ފުލުހުން ބުނީ ވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައި ވަނީ އިއްޔެ ކަމަށާއި އެ އަމުރާ ގުޅިގެން ފުލުހުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އޭނާއަށް ރާއްޖޭން ބޭރަށް ދާން ކޯޓުން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވުމުންނެވެ.

އަލީ ވަހީދު ވަނީ ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުން އެ ފުރުސަތު ދިން ނަމަވެސް ސުޕްރީމް ކޯޓަށް ޕީޖީގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ރާއްޖެއިން ބޭރުގައި ތިބޭ އެއްވެސް ބައެއްގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް އަންގާފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: