ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ނަގައިގެން ކޮށްފައިވާ މަސައްކަތްތަކުން އެ ދަރަނި އަދާކުރުމަށް ބޭނުންވާ އާމްދަނީއެއް ނުލިބޭ: ނަޝީދު

ކުރީގެ ރައީސްއަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނި ނަގައިގެން ކޮށްފައިވާ މަސައްކަތްތަކުން ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރަށް އާމްދަނީއެއް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން ރައީސް ނަޝީދު ވަނީ ދަރަންޏާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ވަރަށް ގިނައިރު ވާހަކަދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދަރަނި ދެއްކުން ސަރުކާރަށް އިންތިހާއަށް އުދަނގޫ މައްސަލަ އަކަށް ވެފައިވާ ކަމަށާއި ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދުތަކަށް ބަލާއިރު ދަރަނި ދެއްކޭ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބޭ ކަމަށެވެ.

ކުރިއަށް ހުރި ދުވަސްތަކަށް ބަލާއިރު ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެން ނޫނީ ދަރަނި ދެއްކުމަށް ސަރުކާރަށް އިތުރު ދަތިތަކަކާ ކުރިމަތިވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ދަރަނި އަދާކުރުމަށް 2.9 ބިލިއަން ރުފިޔާ ޚަރަދުކުރާކަން ބަޖެޓުން ފާހަގަވާ ކަމަށެވެ. އަދި ދަރަނީގެ ހާލަތާ ގުޅޭ ގޮތުން މަޖިލީހުން ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ވިސްނުމަކީ ދަރަނި ރިސްޓްރަކްޗާކޮށް ފައިސާ ދައްކާ މިންވަރު މަދުކުރުން ކަމަށާއި އެގޮތުން އަންނަ އަހަރު ދަރަނި އަދާކުރުމަށް ޚަރަދުކުރާ 2.9 ބިލިއަން ރުފިޔާ ނުދައްކާ ގޮތަށް އިންތިޒާމުތައް ތަރުތީބުކުރުމަކީ މަޖިލީހުގެ ވިސްނުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އަންނަ އަހަރު ދައްކަންޖެހޭ 2.9 ބިލިއަން ރުފިޔާއާއި 2023 ވަނަ އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކައި އިތުރު ގުރޭސް ޕީރިއަޑެއް ހޯދުމާއެކު ދައްކަންޖެހޭ ފައިސާގެ އަދަދު މަދުކުރުމާއި އިންޓަރެސްޓު ބަދަލުކުރުމަށް މަސައްކަތްކުރުމަކީ މަޖިލީހުގެ ވިސްނުން ކަމަށާއި އެކަން ކުރަން ސަރުކާރަށް މަޖިލީހުން ލަފާ ދީފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: