ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ

ޝެއާރކޮށްލާ ކަހަލަދޯ؟

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާއި ކްރިކެޓް އެސޯސިއޭޝަނާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަ ކޮށްގެން ބާއްވާ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖެހިއްޖެއެވެ.

މިމަހުގެ 26ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 20 ޓީމަކުން ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ މާލޭގެ އެކުވެނި ކްރިކެޓް ސްޓޭޑިއަމްގައެވެ.

ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާ މެންދުރު 12:00އާ ހަމައަށް ހުޅުވާލާފައިވެއެވެ.

މި މުބާރާތަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެމީހުންގެ ބުރަ މަސައްކަތާއި އަދާކުރާ ދައުރު ފާހަގަކޮށް، އެމީހުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ދަނޑުގެ ވަށައިގެން ސްޓޯލްތައް ހުންނާނެ ކަމަށާއި އެގޮތުން ހިލޭ ހެލްތު ސްކްރީނިން ހެދުމާއި ބިދޭސީ މަސައްކަތްތެރިންނަށް މޯބައިލް ފޯނު ރަޖިސްޓްރީ ކުރުން ފަދަ ތަފާތު ހިދުމަތްތައް ލިބޭ ސްޓޯލްތައް ހުންނާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: