ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭ: ޝަރީފު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށް ދެވަނަ ދައުރެއް ދޭނެ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ދެ ލީޑަރުން ތިއްބެވި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ނިޒާމުގެ ތެރެއިން އަަމަލު ކުރާ އުސޫލުން ރައީސް ސޯލިހަށް ދެވަނަ ދައުރެއްގެ ފުރުސަތު ދިނުން ކަމަށެވެ. ޝަރީފް ވިދާޅުވީ ރައީސް ސޯލިހު 2023 ގެ އިންތިހާބުގައި ވާދަ ކުރުން އެއީ އެންމެ މަސްލަހަތު ހުރުި ގޮތް ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު އެއްފަހަރާ އިންތިހާބަށް ނިކުންނަން މަސައްކަތް ކުރުމަކީ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދި އެމްޑީޕީއަށް އިންތިހާބު ގެއްލިދާނެ ސަބަބެއްގެ ގޮތުގައި ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ދިވެހިރާއްޖެ އަދިވެސް އޮތީ ޑިމޮކްރަސީގެ އުސޫލުތަކަށް ފައްކާވެފައި ނޫނަކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު މިއޮތީ ޑިމޮކްރަސީއަށް ދަތުރު ކުރުމުގެ މަގުމަތީ އެވެ.

“ގައުމު މިއޮތީ ޑިމޮކްރަސީ އަށް ފައްކާ ވެފައެއް ނޫން. ގައުމު މިއޮތީ އޮން ދަ ރޯޑް ދަ ޑިމޮކްރަސީ”  ޝަރީފު

ދިވެހިރާއްޖެއަކީ މިނިވަން ގައުމަކަށް ވި ނަމަވެސް ގައުމުތެރޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެއް ލިބިފައި ނުވާ ކަމަށް މެމްބަރު ޝަރީފު ވިދާޅުވިއެވެ. ޝަރީފު ވިދާޅުވި ގޮތުގައި ހަނގާ ކުރުމާއި، ފުރައްސާރަ ކުރުމާއި އަބުރު ކަތިލުމުގެ އިތުރުން އެކަކު އަނެނކަކަށް އިނގިލި ދިއްކުރުމަކީ ދިވެހިން ކިޔާ ޑިމޮކްރަސީ މުޖުތަަމައެއްގެ ތެރޭގައި އާއްމުވެފައިވާ ކަންކަމެވެ. މިއީ ޑިމޮކްރަސީގެ މުސްތަގުބަލު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ފަދަ ކަމެއް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ޝަރީފު ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އަރިހުން ދުނިޔޭގައި ޑިމޮކްރސީގެ ނިޒާމަށް ފައްކާ ވެފައިވާ ވެރިކަމެއް ކަމަށްވާ އެމެރިކާފަދަ ގައުުތައް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: