ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ދޭ އިނާޔަތް ބޮޑު ކުރުމަށް ސަރުކާރަށް ޕެޓިޝަން ހުށައަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރުމަށް ރައީސަށް ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ޕެޓިޝަނުގެ މައްސަކަތުގެ އިސްކޮށް ހަރާކާތްތެރިވަމުން އަންނަ ފަރާތެއް ކަމަށްވާ މުހައްމަދު ނާހިލް ސަންގު ޓީވީއަށް މައުލޫމާތު ދެމުން ބުނީ މި ޕެޓިޝަނަކީ ނުކުޅެދުންތެރިކަން ހުންނަ ،މީހުންގެ ހައްގުތަކާއި އެމީހުންނަށް ލިބެމުންދާ އިނާޔަތް ދިނުމާއި ބެހޭ ގާނޫނު ތަސްދީގު ވެގެން އައި ދުވަހުން ފެށިގެން، ސަރުކާރުން އެފަރާތްތަކަށް ދެމުންދާ 2000 ރުފިޔާގެ އިނާޔަތް ބޮޑު ކޮށްދިނުމަށް އެދި ހުށައަޅާ ޕެޓިޝަނެއް ކަމަށެވެ.

މީގެ ކުރިން ވެސް މިފަދަ ޕެޓިޝަންތަކުގެ އެހީގައި ސަރުކާރުގެ އިދާރާތް ތާކައި މަޖިލީސް މެމްބަރުންނަށް ވެސް އިނާޔާތާއި މެދު އިސްލާހު ގެނައުމަށް ހުށައެޅުނު ނަމަވެސް މަސައްކަތް ކާމިޔާބު ވެފައި ނުވަކަމަށް މައުލޫމާތު ދެމުން ނާހިލް ބުންޏެވެ.

މި ޕެޓިޝަން ހުށައެޅުމައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރެވޭ މި މަސައްކަތަކީ ފަރުދީ ހައިސިއްޔަތުން ވަކި ފަރުދުންތަކެއް ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކުރެވިފައިވާ ދުވަހާއި ގުޅޭ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އޮންލައިންކޮށް ޕެޓިޝަންގައި ސޮއި ކުރެވޭ އިރު މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް ނާހިލް މައުލޫމާތު ދީފައިވެއެވެ. އަދި ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދާ ފަރާތްތަކުގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް ގިނަ ބޭފުޅުން ޕެޓިޝަންގައި ސޮއި ކުރުން ކަމަށް ވެސް ނާހިލް ބުންޏެވެ.

ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމުތަކުން ޕެޓިޝަން ގައި ސޮއި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނަމުން ނާހިލް ވަނީ މި ޕެޓިޝަނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގު ހިމާޔަތް ކުރުމާއި އެކު އެފަރާތްތަކުގެ އިނާޔަތް ބޮޑު ކުރުމަށް ގިނަ ދުވަހު މަތިން ކުރެވެމުންދާ މަސައްކަތުގެ ފަހި ނަތީޖާއަށް ހެދުމަށް ކުރަމުންދާ މަސައްކަތެއް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: