ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށްދާއިރު އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގުގެ ލިސްޓުގެ ތެރޭގައި މަހުލޫފްގެ ނަން ހިމެނެ އެވެ. އެ ލިސްޓުގައި ވާ ގޮތުން މަހުލޫފްއަށް ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ލިބިފައި ވެއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގައި ދެމިހުރުމަށް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އޭނާއަށް ދިން ފައިސާކަމަށް އޭސީސީން ބުނެ އެވެ. އަދި އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށްފަހު މަހުލޫފް މާލެ އައިސްފައިވަނީ ސީދާ ވޯޓަށްކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ އެ މުއާމަލާތް ކުރުމުގައި މަހުލޫފާއި އަދީބާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތައް ތަހުގީގަށް ހޯދާފައިވާކަމަށެވެ. އެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވީ މި މަހުގެ 09 ގައެވެ. ރަސްމީ މަގާމެއްގައި ހުންނަވައިގެން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ވެސް އެ އިދާރާއިން ހުށަހެޅި އެވެ.

މަހުލޫފް ތުހުމަތު ކުރާ ގޮތުން ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށްދޭން އެދި ފޮނުވާފައިވަނީ ސިޔާސީ ބައެއް އެކަމުގެ އަޑީގައި ތިބެގެންނެވެ. އަދި މިއީ އޭނާ މަގާމުން ދުރުކުރުމަށް، ސީދާ އެމްޑީޕީގެ ވަކި ފެކްޝަނެއް ކުރާ މަސައްކަތެއްގެ ގޮތުގައި ވިދާޅުވި އެވެ. އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް ވެސް ފާޑުކިއުންތަކެއް އަމާޒުކުރެއްވުމަށް ފަހު، މަހުލޫފް އެންމެ ފަހުން ތުހުމަތުތަކެއް ކުރެއްވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދަށެވެ. އަދި ޝިއުނާ އާއި އައްސަދު ދެމެދު ދެކެވިފައި ހުރި ވާހަކަތަކެއްގެ ސްކްރީންޝޮޓުތަކެއް އެބަހުރިކަމަށް ވިދާޅުވެ ވަނީ އެއީ އެ ދޭބުޅުން ވެސް ބޭޒާރުވާނެ ފަދަ ވާހަކަތަކެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަހުލޫފް ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަަށް މި މައްސަލައިގައި ސިޔާސީ ނުފޫޒުތަކެއް ފޯރުވަމުންދާކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއާއި މެދު ހުރިހާ އިދާރާއަކުން ވެސް އަމަލު ކުރަނީ ތަފާތުކޮށް ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި މަހުލޫފް ބުނީ، އެސްއޯއެފާއި އެކު އޭނާ ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ. ދައުވާ ކުރަން ފޮނުވާފައިވާތީ ހިތްހަމަ ނުޖެހުން ފާޅުކޮށް މަހުލޫފް ބުނީ އޭނާއަކީ “ކަތިލާ ކަންބަޅިއަކަށް” ހަދާފައިވާ ކަމަށެވެ.

އޭސީސީން މަހުލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދުމުން، އޭނާ ދެވަނަ ފަހަރަށް ސަސްޕެންޑު ކުރުމަށް ފަހު، ސަރުކާރުން ނިންމީ މަހުލޫފަށް ދައުވާކޮށްފި ނަމަ މަގާމުން ވަކި ކުރުމަށެވެ. އ

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ހިސާބުން، ސަރުކާރުތަކުގެ ވެރިން އިސްތިއުފާ ދޭކަން ފާހަގަކުރުމުން އެކަމަށް ރައްދު ދީ މަހުލޫފް ވިދާޅުވީ މިއީ ސިޔާސީ ދައުވާތަކެއްކަމަށާއި މައްސަލައިގައި ދައުވާ ކުރި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: